ކ. މާލެ
|
17 ޖުލައި 2017 | ހޯމަ 14:34
"ޓިއބްލައިޓް" ގެ މަންޒަރެއް
"ޓިއބްލައިޓް" ގެ މަންޒަރެއް
އިންޑިއަން އެކްސްޕްރެސް
ޓިއުބްލައިޓް
"ޓިއުބްލައިޓް" އަކީ ފެއިލިއާއެއް ކަމަށް ކަބީރު ޚާން ގަބޫލުކޮށްފި
 
ފެއިލިއާއެއްކަމަށް ގަބޫލު ކުރިކަމުގައި ވިއަސް ސަލްމާންގެ އެކްޓިން ކަމުދޭ

ޖޫން 23 ގައި ނިކުތް "ޓިއުބްލައިޓް" އަކީ ފެއިލިއާއެއް ކަމަށް އެ ފިލްމުގެ ޑައިރެކްޓަރ ކަބީރު ޚާން ގަބޫލުކޮށްފިއެވެ.

"ޓިއުބްލައިޓް" ވެފައިވަނީ މިހާތަނަށް ސަލްމާން ކުޅެފައިވާ ފިލްމުތަކުގެ ތެރެއިން އެންމެ ނާކާމިޔާބު ފިލްމަށެވެ.

"އަހަރެން ވަރަށް ދެރަވެއްޖެ. ފިލްމު އެޅުވުމުގެ ކުރިން ބެލުންތެރިން އެ ފިލްމަށް ވަރަށް އުއްމީދުތަކެއް ކުރި. އެއީ އަހަރެން ބޭނުންވި ގޮތެއް ނޫން،" ކަބީރު ޚާން އިންޑިއާގެ ނޫހެއް ކަމަށްވާ ޕީޓީއައި އަށް ބުންޏެވެ. 

ކަބީރު ޚާން ބުނީ ކޮންމެ ފިލްމަކީ ވެސް "ބަޖްރަންގީ ބައިޖާން" ކަހަލަ ފިލްމަކަށް ވުމަށް އެކްސްޕެޓް ކުރުމަކީ ރަނގަޅުކަމެއް ނޫން ކަމަށެވެ. އޭނާ "ޓިއުބްލައިޓް" އަށް ފަޚުރުވެރިވާ ކަމަށާއި ބެލުންތެރިންނަށް ސަލްމާނުގެ އެކްޓިން އެހާ ރަނގަޅަށް ބަލައި ނުގަތް ކަމަށް އޭނާ ބުންޏެވެ. އެހެން ނަމަވެސް ސަލްމާންގެ އެކްޓިން އޭނާ ހިތްހަމަ ޖެހޭކަމަށް ކަބީރު ޚާން ބުންޏެވެ.

ކަބީރު ޚާން އިތުރަށް ބުނީ ފިލްމު ނާކާމިޔާބު ފިލްމެއް ކަމަށް ބުނި ނަމަވެސް އެ ފިލްމަށް ޚަރަދު ކުރި ވަރަށްވުރެ އިތުރަށް ލިބިއްޖެ ކަމަށެވެ.

ސަލްމާން ޚާން ވަނީ "ޓިއުބްލައިޓް"ގެ ނާކާމިޔާބީއާ އެކު އެ ފިލްމުގެ ޑިސްޓްރިބިއުޓަރުންނަށް ފައިސާ އަނބުރާ ދައްކާނެ ކަމަށް ބުނެފައެވެ. އެގޮތުން 5.5 ބިލިއަން ރުޕީސް  ޑިސްޓްރިބިއުޓަރުންނަށްވަނީ ދޭން ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް