ކ. މާލެ
|
17 ޖުލައި 2017 | ހޯމަ 11:50
މާޓިން
މާޓިން
އިމޭޖަސް.އެމްވީ
މާޓިން
އޮސްކާ ހާސިލުކުރި މާޓިން މަރުވެއްޖެ
 
މާޓިން މަރުވީ ހޮނިހިރު ދުވަހުގައި

އޮސްކާ ހާސިލްކޮށްފައިވާ ފިލްމީތަރި މާޓިން މަރުވެއްޖެއެވެ. އޭނާ މަރުވެފައިވަނީ 89 އަހަރުގައެވެ.

މާޓިން މަރުވެފައިވަނީ އެމެރިކާގެ ލޮސް އެންޖަލްސްގައި ހޮނިހިރުދުވަހުގައެވެ.

އޭނާ ލޮސް އެންޖަލސްގެ ހޮސްޕިޓަލެއްކަމަށްވާ ޔޫސީއެލްއޭ މެޑިކަލް ސެންޓަރ ގައި އެޑްމިޓު ކުރުމަށްފަހު މާގިނަ އިރުތަކެއް ނުވެ މަރުވީކަމަށް މާޓިންގެ މަރާ ބެހޭގޮތުން އާންމު ކޮށްފައިވާ ސްޓޭޓްމަންޓުގައި ބުނެފައި ވެއެވެ. އެހެން ނަމަވެސް އޭނާ މަރުވީ ކޮން ބައްޔެއްވެގެން ކަމެއް އެ ސްޓޭޓުމަންޓުގައި ބުނެފައިވެއެވެ. 

މާޓިން އޭނާގެ ކެރިއަރ ފަށާފައިވަނީ 1950 ވަނަ އަހަގެ ކުރީކޮޅުގައެވެ.

އޭނާއަށް ވަނީ އެކި އެވޯޑްތައްވެސް ލިބިފައެވެ. އޭގެ ތެރޭގައި އޮސްކާ އެވޯޑް، އެމީ އެވޯޑް، ގޯލްޑަން ގްލޯބް އެވޯޑް އަދި އެކަޑަމީ އެވޯޑް ހިމެނެއެވެ.

މާޓިން މަރުވިއިރު އޭނާއަށް ަވޏީ ދެ ދަރިން ލިބިފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
33%
67%
0%
0%
ކޮމެންޓް