ކ. މާލެ
|
10 ޖުލައި 2017 | ހޯމަ 16:25
ސުޕްރީމް ކޯޓު: ރައްޔިތުން ލޯތައް ސުޕްރީމް ކޯޓުގެ ނިންމެވުމަކަށް.
ސުޕްރީމް ކޯޓު: ރައްޔިތުން ލޯތައް ސުޕްރީމް ކޯޓުގެ ނިންމެވުމަކަށް.
މުހައްމަދު ޝަރުހާން
މަގޭ ރިޕޯޓް
"ޢަބްދުﷲ ޔާމީން ޕްރައިވެޓް ލިމިޓެޑް"
 
އިދިކޮޅު ކޯލިޝަން ބަދަހިކަމާއެކު ބާރުތައް ކަށަވަރު ކުރަން ފަށައިފި
 
ޕާޓީން މަޖިލީސް މެންބަރުން ބައިބަޔަށް ކެނޑެން ފަށައިފި
 
ސަރުކާރުގެ މެޖޯރިޓީ މަޖިލީހުން ގެއްލިއްޖެ

ހަތްގުރުސް ފެންމަތިވެ، ކަޅުހިލަދަޔަށް ވަޅި ވަދެއްޖެއެވެ. ކަރުތާފެނަށް ފެން އަރާ ދެންވާ ގެނބިދާނެ ކަމުގެ ބިރުވެރި އިހްސާސް ކުރެވިއްޖެއެވެ. ކިސްރާގެ ކޮއިލު އަނދައިގެން ދިޔަ ފަދައިންނެވެ. ފާރިސީން އަޅުކަން ކުރި އަލިފާންގަނޑު ނިވުނު ގޮތަށެވެ. ކުރުކޮށް ފޮނިކޮށް ބުނަންޏާ ރޯމުން ކުރި ވަރުގަދަ ވެރިކަން ބިމާ ހަމަވި ގޮތަށް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ވެއްޓިދާނެ ކަމުގެ ކުލަވަރު ފެންނާން ފަށައިފިއެވެ.

ރައީސް ޔާމީން، އާރާއި ބާރުގައި ވެރިކަން ކުރައްވަމުން ވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ މެޖޯރިޓީ އޮވެގެންނެވެ. ރައީސް ޔާމީން ހިތުހުރި ކަމެއް ފާސްކޮށް ބޭނުންވާ ގޮތަކަށް ޤައުމު ހިންގުމަށް ފައްސިޔަ އޮތަތީވެއެވެ. އެގޮތުގައި ދައުރު ފުރިހަމަ ނުކުރެވެނީސް މުޅި ކޯލިޝަން ފަޅައިގެން ހިނގައްޖެއެވެ. ވެރިކަން ހޯދުމަށް ހެދި ކޯލިޝަން ރޫޅިގެން ހިނގައްޖެއެވެ. އެވަރުންވެސް އޮތް ސަރުކާރުގެ ބާރުވެރިކަމާއި ޖުޑިޝަރީގެ މެޖޯރިޓީއާއެކު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތީ ރައީސް ޔާމީންގެ އަތްމަތީގައެވެ. ނަމަވެސް ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ރައްޔިތުން ސަރުކާރަށް ނޫނެކޭ ބުނި ބުނުމާއި ސަރުކާރު ހަމައިން ނެއްޓުނީތީ މެންބަރުން ރައްޔިތުންނަށްޓަކައި ތެދުވެއްޖެއެވެ. ޤައުމު އިސްކޮށްފިއެވެ. ރައީސް ޔާމީނަށާއި ސަރުކާރަށް އަދި ސަރުކާރުގެ މިޕާޓީ ޕީޕީއެމަށް ފާޅުގައި ނޫނެކޭ ބުނެފިއެވެ.

ސަރުކާރުން ކަންކުރަމުންދާ ގޮތުގެ ސަބަބުން ސަރުކާރު ފަޅީގައި ތިބި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް އިދިކޮޅު ފަރާތްތަކަށް އެއްބާރުލުން ދޭން ނިންމިއެވެ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ބޮޑެތި އިސްލާހީ ބަދަލުތަކެއް ގެނައުމަށް ފެށި މަސައްކަތައް ހުރަހަކަށްވި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހު އެމަޤާމުން ބޭރުކުރުމަށް ނިންމި ނިންމުމަށް ތާއީދުކޮށް ވޯޓު ދިނުމަށް ނިންމިއެވެ.

މިކަން ވެގެން ދިޔައީ ބަލިކަށިވަމުންދިޔަ ސަރުކާރުގެ ވަރަ ބިންދާލުންފަދަ ކަމެކެވެ. އިސާހިތަކު ސަރުކާރުން ދުއްވައިގަތީ ސަރުކާރުން ބުނިއްޔާ ބުނިހާ ކަމެއް ކޮށްދިން މަޖިލިސް ދޫކޮށްލާފައި މުޅިން އެހެން ދިމާލަކަށެވެ. ކޯޓު މެދުވެރިކޮށް ވެރިކަމުގައި ވިއްދާ ކައްތިރިއަކަށް ސުޕްރީމް ކޯޓު ހެދުމަށެވެ. އެކަން ކުރުމަށްޓަކައި ދައުލަތުގެ ނަމުގައި ސުޕްރީމް ކޯޓަށް ވައްދާލީ އާދައިގެ މައްސަލައެއް ނޫނެވެ. ޕާޓީގައި ތިބި މެންބަރުން ސަރުކާރާ ދެކޮޅަށް ވޯޓު ދެއްވަފާނެތީ އެމެންބަރުން މަރުތަޅު އެޅުވުމަށެވެ. ދިވެހި ރައްޔިތުންގެ ނަމުގައި ބަންޑާރަ ނައިބު ހުށަހެޅުއްވި މައްސަލައިގައި އެދިވަޑައިގެންނެވީ، ގާނޫނު އަސާސީގެ 26 ވަނަ މާއްދާގެ (ނ) އާއި، ގާނޫނު އަސާސީގެ 30 ވަނަ މާއްދާގެ (ހ) އާއި، ގާނޫނު އަސާސީގެ 74 ވަނަ މާއްދާގެ އިތުރުން ގާނޫނު އަސާސީގެ 75 ވަނަ މާއްދާ މާނަކޮށް، މަޖިލިހަށް އިންތިޚާބްވާއިރު ހުންނަ ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ، އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިކޮށްފިނަމަ ގެއްލޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.

އިސާހިތަކު ރައީސް ޔާމީންގެ ރަން ބުއްދިން ދެއްވި މޮޅު ޚިޔާލާއެކު ބަންޑާރަނައިބު ހުށަހެޅި މައްސަލައާއެކު ހީވި ދަށް އުޑުން ބާރަށް ގުގުރާލި ހެންނެވެ. ޖޫން ޖުލައިގެ ގަދަވަޔާއި ވިއްސާރައިގައި ޕީޕީއެމް ތަޅާލައިފިއެވެ. ފުޅަށްތަކުގެ ކައްތިރި ވެއްޓި މުޅި ޕީޕީއެމް ބިންމަތިވެއްޖެއެވެ. މިހާތަނަށް އެއް ޕާޓީއަކުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެންމެ ގިނަ އަދަދަކުން ޕާޓީން ވަކިވި ކަމުގެ ލަދުވެތި ޝަރަފް އެލިބުނީ ޕީޕީއެމަށެވެ. ބަސްބުނި ހިނދުން ސަރުކާރަށް ލިބިދީފައި އޮތް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެވަނީ ގެއްލިފައެވެ. މަސީހާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި ޕީޕީއެމްގައި ތިބެގެން ސޮއިކުރެއްވި މެންބަރުން އެވަނީ ޕީޕީއެމުންވެސް ވަކިވެވަޑައިގެންފައެވެ.

ކޮންމެއަކަސް ސަރުކާރު ސައިވެއްޖެއެވެ. ހަތަރުފަރާތުންވެސް ބެދި އަރާނެ ގޮޅި ހުސްވެއްޖެއެވެ. ރައީސް ޔާމީންގެ އާރާއި ބާރު ކެނޑިއްޖެ ކަމުގެ ނިޝާންތައް ފެންނަން ފަށައިފިއެވެ. ކޯޓު އަމުރުތައް ލިބުން ދަތިވެއްޖެއެވެ. އިތިފާގުން ނަމަވެސް ސަރުކާރު ބޭނުންވާ ގޮތައް މައްސަލަތައް ނިންމައިދޭ ބާރީ ޤާޒީގެ މަޤާމް ސަރުކާރުން އަތުލައިފިއެވެ. ފަހު ލޮންސިވެސް އެންމެފަހުން އެއްލާލައިފިއެވެ. ދެން އޮތީ ހަމަ އެންމެ ކަމެއް ސަރުކާރުން ހުށަހެޅި ގޮތަކަށް ސަރުކާރުން ބޭނުންވާ ގޮތަކަށް ސުޕްރީމް ކޯޓުން ކަންކޮށް ދިނުމެވެ. އިންސާނީ ހަމައެއް ޤާނޫނެއް އމުދުން ޤާނޫން އަސާސީއަކަށް ބެލުމެއްނެތި ވަކި މީހަކު ބޭނުންވާ ގޮތައް ކަންކޮށްދިނުމެވެ. ސުޕްރީް ކޯޓުން އެކަން އެގޮތައް ނިންމައިދިނުމެވެ. އެހެން އެކަން އެގޮތައް ނިންމައިފިނަމަ އެފެށުނީ މުޅިން އެހެން ކަމެކެވެ. އެއީ ބަލި ނުވުމެއް ނޫނެވެ. ބޮޑު ބައްޔަކުން ބަލިވެ މުޅިން އެހެން ވެރިކަމެއް ފެށުނީއެވެ. އެކަމަކު އޭރުން އެއީކީ ރައްޔިތުންގެ ވެރިކަމެއް ނޫނެވެ. އޭރުން އެސަރުކާރު އެހިންގަނީ ދިވެހިންގެ ދިވެހި ޤައުމަކު ނޫނެވެ. އޭރުން އެފެށޭ ވެރިކަމަކީ "ސުޕްރީމް ކޯޓުން ފަށައިދެން" މުޅިން އެހެން ސަރުކާރަކަށް ވެގެން ދާނެއެވެ. އަމިއްލަ މީހަކަށް ހަދައިދޭ ކުންފުންޏެއްގެ ވެރިކަމަކަށެވެ. ފަހަރުގައި އެއީ އެވެރިކަމުގެ ނަމަކަށް "ޢަބްދުﷲ ޔާމީން ޕްރައިވެޓް ލިމިޓެޑް" އަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
9%
33%
6%
27%
24%
0%
ކޮމެންޓް
11 ޖުލައި 2017 | އަންގާރަ 07:12
ޙާމިދު މަރުމޯލު
ނަޝީދު ދީނަށް ފުރައްސާރަ ކުރިއްޔާ މީނާ މި ކުރަނީ ކިއެއްތަ؟ ރަން އަކުރުން ދީން ޖަރީ ކުރަނީތަ؟ ތިބުނާ ވަރުގެ ސާފު ހުދު ފޮށައެއް ސިޔާސީ ދާއިރާއިން ނެރެބަލަ. އެޓް ލީސްޓް ނަޝީދު އާންމު ރައްޔިތުންނަށް އަނިޔާވެރިއެއް ނުވޭ. ބޮލުގަ ބަޑި ޖައްސާ ހިސާބަށް ދިޔަ އިރުވެސް ނުވޭ.
10 ޖުލައި 2017 | ހޯމަ 20:25
އިއްސޭ
ޚަބަރުތަށް ނުވަތަ ރިޕޯޓްތަށް ލިޔާއިރު ޕީޕީއެމްގެ ސަރުކާރު ފަޅީގައި ތިބި މެންބަރުން ނުވަތަ އެހެން ފަރާތެއްގެ ވާހަކަލިޔާއިރު ނުލިޔެބަލަ އިދިކޮޅު ފަރާތްތަކާއި ގުޅުނުކަމަށް! އޭގެ ބަދަލުގައި ރަގަޅުގޮތަކީ ރައްޔިތުންއެދޭގޮތް ޚިޔާރުކޮށް ރައްޔިތުންނާއި ގުޅިއްޖެއޭ
10 ޖުލައި 2017 | ހޯމަ 19:43
ޙާމިދު
Kaleymenge verikan vettunee keevvegenkan en'geytha? Kaleymenge verimeehaa Islaam Dheenashai rasoolaa ah furassara kureemaa. E kaleyge ah thabaavegen ulhey meehun ves vaanee ekankamah thaaeedhu kuraa bayakah
10 ޖުލައި 2017 | ހޯމަ 17:57
ޔާމީން2018
ދިވެހިއޮބްޒާވަރ ނުވަތަ ޑީއޯއަކީ އަންޑަރގްރައުންޑް ޕޮލިޓިކަލް ވެބްސައިޓެކެވެ. އެއްވެސް މީހަކަށް ތަނަކަށް ޖަވާބުދާރީވާން ނުޖެހޭ ގޮތަށް ހިންގި ވަގު ސައިޓެކެވެ. އެސައިޓުގައި އޭރު ލިޔުނީ ވެރިމީހާގެ ވާހަކައެވެ. ސަރުކާރުގެ ވާހަކައެވެ. އެ ވެރިމީހާޔާއި އެސަރުކާރު މާޒީއާއެކުވެ ހިގާއްޖެއެވެ. މިހާރު އެއީ ކުރީގެ ވެރިމީހާއެވެ. އެވެރިމީހާޔާ ބެހޭގޮތުން ވަގުސައިޓެއްގައި ހުރި ތަކެތި ރަޖިސްޓްރީކޮށްގެން ހިންގާ ރަސްމީ ޓީވީޗެނަލަކަށް ލައިގެން ބަލަބަލަ މިވެސް ބަލައިލަހަރޭ ކިޔައިގެން ދެއްކުމީ މުޅިން ތަފާތު ކަމެކެވެ. އިޖުތިމާއީފޭރާން ވީދިއްޖެޔޭ އަބުރުގެ ގާނޫނު ކޮބައިހޭ މިކިޔަނީ އެހެންވެގެންނެވެ.
ގުޅުންހުރި
ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ، އިންޑިޔާގައި އާންމު އިންތިހާބްގެ ވޯޓުލުން ކުރިޔަށް ދަނީ
އޮޕަރޭޝަން ބްލޫ ޓައިޑްގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފަށައިފި
ޓުއަރިޒަމް މިނިސްޓްރީއަށް 25 ސިޔާސީ ބޭފުޅުން، މުސާރައަށް މަހަކު 7 ލައްކައަށްވުރެ ގިނަ ރުފިޔާ
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް