ކ. މާލެ
|
10 ޖުލައި 2017 | ހޯމަ 13:08
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ސްކައި ނިއުސް
ރައީސް ނަޝީދު
ރައީސް ޔާމީން އަޒުލް ކުރުން ނޫން ގޮތެއް ނެތް: ރައީސް ނަޝީދު
 
މަސީހާ ދެކޮޅަށް 45 މެމްބަރުން ވަނީ ސޮއިކޮށްފައި
 
ވިޕްލައިނާ ހިލާފުވެއްޖެ ނަމަ ޕާޓީން ވަކިކުރުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް މައުލޫމާތު ލިބޭ
 
ރައީސް ޔާމީން ދަނީ ކޯޓްތަކަށް ނުފޫޒު ފޯރުވަމުން ކަމަށް އިދިކޮޅު ފަރާތްތަކުން ތުހްމަތުކުރޭ

ރައީސް އަބްދުﷲ ޔާމީންގެ ވިޔާނުދާ އަމަލުތަކުގެ ސަބަބުން އެ މަނިކުފާނު އަޒުލުކުރުން ނޫން ގޮތެއް ނެތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

 

މިވަގުތު ސްރީ ލަންކާގައި ހުންނެވި ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރައީސް ޔާމީން ފަނޑިޔާރުގެއާ ގުޅޭ ގޮތުން އެންމެ ފަހުން ކުރައްވަމުން ގެންދަވާ ވިޔާނުދާ ކަންކަމުގެ ސަބަބުން އެ މަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުން ނޫން ގޮތެއް ނެތް ކަމަށެވެ. 

 

ރައީސް ނަޝީދު މިހެން ވިދާޅުވިއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ 45 މެމްބަރުންގެ ސޮޔާއެކު ރައްޔިތުންގެ މަޖިިލީހަށް ވަނީ ހުށަހަޅައިފަ އެވެ. މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަކީ ހަމައެކަނި މަސީހުއާ ހަމައިން ނިމޭނެ ކަމެއް ނޫން ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވިދާޅުވެފަ އެވެ. 

 

ރައީސް ޔާމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާނެ ކަމަށް ވެސް ގުޅިފައިވާ ޕާޓީތަކުގެ ބައެއް މެމްބަރުން ވަނީ ވިދާޅުވެފަ އެވެ. 

 

 

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
17%
33%
17%
8%
25%
0%
ކޮމެންޓް
10 ޖުލައި 2017 | ހޯމަ 14:15
ހަމީދު
ކަލެއަކީ ވަކި ޔާމީނަށްވުރެ ރަނގަޅު މީހެއް ނޫން. ކަލެއަކީ އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރާ މީހެއް