ކ. މާލެ
|
2 ޖުލައި 2017 | އާދީއްތަ 10:28
ރާކޭޝް ރޯޝަން އޭނާގެ ދަރިފުޅު ރިތިކް އާއި އެކީ
ރާކޭޝް ރޯޝަން އޭނާގެ ދަރިފުޅު ރިތިކް އާއި އެކީ
ގޫގުލް
ރާކޭޝް ރޯޝަން
ރާކޭޝް ފިލްމީ ދާއިރާގައި 50 އަހަރު: ޑައިރެކްޓް ކޮށްފައިވަނީ ހަމައެކަނި "ކޭ" އަކުރުން ފެށޭ ފިލްމުތައް
 
ފިލްމް ފެއާ އެވޯޑުގައި އެންމެ މޮޅު ޑައިރެކްޓަރ ގެ މަގާމު ވަނީ ލިބިފައި
 
ފިލްމު ޑައިރެކްޓް ކުރަން ފަށާފައިވަނީ 1987 އިން ފެށިގެން

ބޮލީވުޑްގެ މަޝްހޫރު ތަރި ރިތިކްރޯޝަންގެ ބައްޕަ ރާކޭޝް ރޯޝަނަކީ މޮޅު ޑައިރެކްޓަރެކެވެ. އޭނާ ވަނީ ފިލްމީ ދާއިރާގައި މަސައްކަތް ކުރާތާ 50 އަހަރު މިހާރު ވެފައެވެ.

ރާކޭޝް ރޯޝަންގެ އެންމެ އާދަޔާ ޚިލާފު ކަމަކީ އޭނާ ޑައިރެކްޓް ކޮށްފައިވާ ހުރިހާ ފިލްމަކީވެސް ހުސް "ކޭ" އަކުރުން ފެށޭ ފިލްމުތަކަށް ވުމެވެ. ސެޕްޓެމްބަރު 6، 1949 ވަނަ އަހަރު އުފަންވި ރާކޭޝް ރޯޝަނަކީ ކުރިން ފިލްމު ކުޅުނު މީހެކެވެ. ނަމަވެސް އޭނާ އެކްޓްކުރުން ދޫކޮށްލީ މާބޮޑު ސަޕޯޓެއް އެ ދާއިރާއިން އޭނާއަށް ނުލިބުމުންނެވެ. ރާކޭޝް ބުނާ ގޮތުންނަމަ އޭނާއަށް އޭނާގެ އާއިލާ ބަލަހައްޓާނެ އިތުރު ގޮތެއް ހޯދީއެވެ.

ރާކޭޝް ފިލްމުތައް ޑައިރެކްޓް ކުރަން ފެށީ 1987 ވަނަ އަހަރުގައެވެ. އެހިސާބުން އޭނާ ނެރުނު ކޮންމެ ފިލްމަކީވެސް "ކޭ" އަކުރުން ފެށޭ ފިލްމުތަކެވެ.

އޭނާގެ ޑައިރެކްޝަނުގައި ކާމިޔާބު ފިލްމުތަކުގެ ތެރޭގައި "ކަހޯނާ ޕްޔާރު ހޭ" އާއި "ކޮއި މިލް ގަޔާ"އަކީ ބެލުންތެރިންގެ ސަޕޯޓް ލިބުނު ދެ ފިލްމެވެ.

އޭނާއަށް ވަނީ އެ ދެ ފިލްމަށް، ފިލްމް ފެއާ އެވޯޑުގައި އެންމެ މޮޅު ޑައިރެކްޓަރގެ މަގާމުވެސް ލިބިފައެވެ.

ރާކޭޝް ފިލްމު ކުޅެން ފަށާފައިވަނީ 1970 ވަނަ އަހަރު ފިލްމު "ގަރް ގަރް ކީ ކަހާނީ" އިންނެވެ.

ރާކޭޝް އިންޑިއާގެ ނޫހެއްކަމަށްވާ ޕީޓީއައި އަށް ބުނެފައިވަނީ އޭނާއަކީ ފިލްމު ކުޅުނު ދުވަސްވަރު މާ ބޮޑު ސަޕޯޓެއް ލިބުނު އެކްޓަރަކަށް ނުވިނަމަވެސް އޭނާ އުއްމީދު ކަނޑާނުލާ ކަމަށެވެ.

"އެކްޓު ކުރުމަކީ އަހަންނަށް ކާމިޔާބު ކަމަކަށް ނުވި. އެހެން ނަމަވެސް އަހަރެން ފިލްމީ ދާއިރާއިން އުއްމީދު ކަނޑައެއް ނުލަން. އެހެން ކަމުން އަހަރެން ފިލްމު ޕްރޮޑިއުސްކޮށް ޑައިރެކްޓްކުރަން ފެށީ މިދާއިރާގައި އުޅެން ބޭނުންވާތީ،" ރާކޭޝް ރޯޝަން ބުންޏެވެ.

ރާކޭޝް ބުނީ އޭނާ ފިލްމީ ދާއިރާގެ ފަހަތަށް ބަލާލުމުން އުފާވާކަމަށާއި ކުރިން އޭނާ އެކްޓުކުރި ދުވަސްވަރު އޭނާގެ އާއިލާގެ ޚަރަދުތައް ބަލަހައްޓާނީ ކިހިނެތްކަމާމެދު ވިސްނާ ކަންބޮޑުވާކަމަށެވެ. އެހެން ނަމަވެސް އޭނާއަށް އެކަންވެސް މެނޭޖްކުރެވުނު ކަމަށް ރާކޭޝް ބުންޏެވެ.

އުމުރުން 67 އަހަރުގެ ރާކޭޝް ބުނީ އޭނާ މިހާތަނަށް ކުޅެފައިވާ ފިލްމުތަކަކީ އޭނާ އަމިއްލައަށް ފިލްމު ހަދާ މީހުންނަށް ގުޅައިގެން ކުޅެފައިވާ ފިލްމުތައްކަމަށެވެ. ފިލްމު ކުޅެން ބޭނުންވާކަމަށް ފިލްމު އުފައްދާ މީހުން ކައިރީ ބުނުމަކީ ލަދުގަންނަން ޖެހޭކަމެއް ނޫންކަމަށް އޭނާ ބުންޏެވެ.

ރާކޭޝް ރޯޝަންގެ ދަރި އަދި ފިލްމީތަރި ރިތިކް ރޯޝަން ވަނީ އޭނާގެ ބައްޕަގެ ފިލްމީ ދާއިރާއަށް 50 އަހަރު ފުރުން ފާހަގަ ކޮށްފައެވެ. ރިތިކް ވަނީ އޭނާގެ ބައްޕަގެ ކާމިޔާބީ ފާހަގަ ކުރާކަމަށް ބުނެ ޓްވީޓްވެސް ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
18%
14%
9%
14%
45%
0%
ކޮމެންޓް