ކ. މާލެ
|
1 ޖުލައި 2017 | ހޮނިހިރު 01:19
ޒައިތޫނި ތެޔޮ
ޒައިތޫނި ތެޔޮ
ގޫގުލް
ޒައިތޫނި ތެޔޮ
ޒައިތޫނި ތެލުގައި ތެލުލުމުން ހަށިގަނޑަށް ރަނގަޅުވާނެތަ؟
 
ތެޔޮ ހޫނުވުން އުފެދޭ ނުރައްކާތެރި ކެމިކަލަކީ އަލްޑިހައިޑްސް ކަން ދިރާސާތަކުން ހާމަވޭ

ކާ އެއްޗެހި ތެލުލުމަކީ ސިއްހީ މާރިހުން ބުނާ ގޮތުގައި ސިއްހަތައް ގެއްލުން ހުރި ކަމެކެވެ. އަނގަޔަށް މީރަސް ތެލުލައިގެން އެއްޗެހި ކެއުމަކީ ސިއްހަތައް ފައިދާ ހުރި ގޮތެއް ނޫނެވެ. މި ދާއިރާއިން ފާހަގަ ކުރެވޭ ތަޖުރިބާކާރެއް ކަމުގައިވާ ކާޑިފް މެޓްރޮޕޮލިޓަން ޔުނިވަސިޓީގެ ބަޔޯ މެޑިކަލް ސައިންސަސްގެ ސީނިއާ ލެކްޗަރަރ ރެޗެލް އެޑަމްސް ޑެއިލީ މެއިލްއަށް ކިޔައި ދެއްވި ގޮތުގައި ކާއެއްޗެހި ތެލުލާން ބޭނުން ނަމަ އޮތް އެންމެ ރަނގަޅު ގޮތަކީ ޒައިތޫނި ތެލުގައި ތެލުލުމެވެ.

ތެޔޮ ހޫނު ކުރުމުން އޭގެ ޒާތައް ބަދަލު އައިސް ކެންސަރާ ހަކުރު ބައްޔާއި ހިތުގެ ބަލި ފަދަ ނުރައްކާތެރި ބަލިތަކަށް މަގު ފަހި ކުރާ ކެމިކަލްތައް އުފެދޭކަން ހާމަވާ އެތައް ދިރާސާއެއް މީގެ ކުރިން ވަނީ ޝާއިއު ކޮށްފައެވެ. ތަޖުރިބާކާރުން ބުނަނީ، ތެޔޮ ހޫނު ކުރުމުން އުފެދޭ ނުރައްކާތެރި ކެމިކަލްތައް ބިނާ ވަނީ އެ ތެލެއްގެ މޮޅު ދެރަ މިނަށާއި ތެޔޮ ހޫނުވާ ނިސްބަތެއްގެ މައްޗަށް ކަމުގައެވެ.

ތެޔޮ ހޫނު ވުމުން ނުރައްކާތެރި ކެމިކަލްތައް އުފެދޭކަން ފާހަގަ ވެފައިވާއިރު، ޒައިތޫނު ތެޔޮ މި ގޮތުން ނިސްބަތުން އެންމެ ރަނގަޅުވަނީ އޭގައި މަތީ މިންވަރަކަށް އެންޓި އޮކްސިޑަންޓްސް އެކުލެވިފައިވާތީ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ތެޔޮ ހޫނުކުރުމުން އެއިން އުފެދޭ ނުރައްކާތެރި ބާވަތަކީ އަލްޑިހައިޑްސް އެވެ. މިއީ، އިންސާނުންގެ ހަށިގަނޑުގައި ހަކުރު ހަޖަމުވުގެ ތެރޭގައި ބައި ޕްރަޑަކްޓެއްގެ ގޮތުގައި މަދު މިންވަރަކަށް އުފެދޭވެސް މާއްދާއެކެވެ. ބައެއް މީހުންގެ ނަޒަރުގައި "ވެޖިޓަބަލް އޮއިލް" އަކީ ކާއެއްޗެހި ތެލުލާން ރަނގަޅު ތެލުގެ ބާވަތެކެވެ. އެކަމަކު ވެޖިޓަބަލް އޮއިލް ބޭނުން ކޮށްގެން ތެލުލި ކަމުގައި ވިޔަސް ތެޔޮ ހޫނުވާން ފެށުމުން އަލްޑިހައިޑްސް އުފެދޭކަން ހޯދުންތަކުން ކަށަވަރު ވެއެވެ. ސުވާލަކީ ޒައިތޫނު ތެލަކީވެސް "ވެޖިޓަބަލް އޮއިލް" ގެ ތެރޭގައި ހިމެނޭ އެއްޗަކަށް ވުމާއެކު ޒައިތޫނި ތެޔޮ ހޫނުވުމުން މި ނުރާއްކާތެރި ބާވަތުގެ ކެމިކަލް ނުއުފެދެނީ ހެއްޔެވެ؟

މި ސުވާލުގެ ޖަވާބު ލިބެނީ ޔުނިވަސިޓީ އޮފް ދަ ބާސްކް ކަންޓްރީން ކޮށްފައިވާ ދިރާސާއަކުންނެވެ. އެ ދިރާސާގައި ވެޖިޓަބަލް އޮއިލްގެ އާއްމު ވައްތަރުތައް ހޫނު ކުރުމުން އެއިން އަލްޑިހައިޑް އުފެދޭ މިންވަރު ދެނެގަނެވިފައިވެއެވެ. ދިރާސާއިން ހާމަވި ގޮތުގައި، ޒައިތޫނި ތެލާ އަޅާ ބަލާއިރު ސަންފްލާވާ އޮއިލް އާއި ފްލްކްސީޑް އޮއިލް ހޫނު ކުރުމުން މާ މަތީ މިންވަރަކަށް އަދި ހޫނު ކުރަން ފަށާތާ މާ އަވަހަށް އަލްޑިހައިޑްސް އުފެދެއެވެ. ޒައިތޫނު ތެލުން އަލްޑިހައިޑްސް އުފެދޭ މިންވަރު މަދުވެފައި، އަދި އެ ކެމިކަލް އުފެދެނީ ތެޔޮ ހޫނު ވަމުން ގޮސް މާ ފަހުން ކަންވެސް ދިރާސާއިން ހާމަވެފައި ވެއެވެ.

ސިއްހަތައް ގެއްލުން ވަނީ ކިހާ މިންވަރެއްގެ އަލްޑިހައިޑްސް އެތެރެވެގެން ކަން ކަނޑައެޅިގެން ދިރާސާއަކުން ހާމަވެފައެއް ނުވެއެވެ. ނަމަވެސް މާ ގަދަޔަށް ހޫނު ނުކޮށް އަދި ތެލުލުމަށް ބޭނުން ކުރާ ތެޔޮ ތަކުރާރުކޮށް ބޭނުން ނުކުރާ ނަމަ، ޒައިތޫނި ތެލުން ހަށިގަނޑަށް ގެއްލުން ވުމުގެ ފުރުސަތު ކުޑަކަން ފާހަގަ ކުރެވެއެވެ.

ވިސްނަންވީ ކަމަކީ، ތެޔޮ މާ ގަދަޔަށް ހޫނު ނުކުރުމަށެވެ. އެހެން ނޫންނަމަ ޒައިތޫނި ތެލެކޭ އެހެން ތެލެކޭ ތަފާތެއް ނުވާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
15%
38%
15%
15%
15%
0%
ކޮމެންޓް
20 ޖުލައި 2017 | ބުރާސްފަތި 10:20
ހުސެން
މުހިންމު މައުލޫމާތު ތަކެއް ލިބުން
ގުޅުންހުރި
މިމައްސަރަކީ މުޅި އުމުރުގައި ކޮށްފައިވާ ފާފައިން ތާހިރުވުމަށް ލިބޭ ފުރުސަތެއް، ރޭއަޅުކަންކުރުން އިތުރުކުރޭ: ޚުތުބާ
ދައުލަތުގެ މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތް ކުރެވޭނެ ގޮތްތައް ބަޔާންކޮށް އުސޫލެއް ނެރެފި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ