ކ. މާލެ
|
13 ޖޫން 2017 | އަންގާރަ 14:54
ނޯވޭގެ ނާސަރީ، ސްކޫލް އަދި ޔުނިވާސިޓީތަކުގައި މޫނު ނިވާ ކުރަނީ
ނޯވޭގެ ނާސަރީ، ސްކޫލް އަދި ޔުނިވާސިޓީތަކުގައި މޫނު ނިވާ ކުރަނީ
ގޫގުލް
މޫނުބުރުގާ މަނާކުރުން
ނޯވޭގެ ކިޔަވައިދޭ ތަންތަނުގައި މޫނު ނިވާކުރުން މަނާ ކުރަނީ
 
މޫނު ނިވާކުރުން މަނާ ކުރުމާއި ބެހޭ ބިލް މިއަންނަ އަހަރު ފާސްވާނެ ކަމަށް ބެލެވޭ

މުއާމަލާތް ކުރުމުގައި ހުރަސްއެޅޭ ކަމަށް ބުނެ ނޯވޭގެ ވެރިކަން ކުރާ ކޯލިޝަން ސަރުކާރުން ކިޔަވައިދޭ ތަންތަނުގައި، އެކީގައި މޫނު ނިވާކުރުން ނުވަތަ މޫނު ބުރުގާ އެޅުން މަނާކުރަން ނިންމައިފިއެވެ.

ނޯވޭގެ އެޑިޔުކޭޝަން އެންޑް ރިސާޗް މިނިސްޓަރު ޓޯބްޖޯން އިސަކްސަން ނެރުވި ބަޔާނެއްގައި ވިދާޅުވީ،  ނާސަރީ، ސްކޫލް އަދި ޔުނިވާސިޓީތަކުގައި މޫނު ނިވާކޮށްގެން ތިބެން ބޭނުން ނުވާ ކަމަށާއި މިކަމުގެ ސަބަބުން ރަނގަޅު ގޮތުގައި މުއާމަލާތް ކުރުމަށް ހުރަސް އެޅޭ ކަމަށާއި އަދި ރަނގަޅު ގޮތުގައި މުއާމަލާތް ކުުރުމަކީ ރަނގަޅު ތައުލީމެއް ލިބި ދިނުމުގައި މުހިންމު ކަމެއް ކަމަށެވެ.

ނޯވޭގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ މިދިޔަ އަހަރު، މި އަހަރުގެ ތެރޭގައި މޫނު ނިވާކުރުން މަނާ ކުރާނެ ކަމަށް ބުނެފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ނޯވޭގެ ކަމާބެހޭ ފަރާތްތަކުން، މޫނު ނިވާކުުރުން މަނާ ކުުރުމާއި ގުޅިގެން އޭގެ އަސަރު ކުރާ ހުރިހާ ފަރާތްތަކާ މިއަންނަ މަސްތަކުގައި މަޝްވަރާ ކުރާނެއެވެ.

މޫނު ނިވާކުރުމާއި ގުޅޭ ގޮތުން މިހާރު އޮތް ޑްރާފްޓް ގާނޫނުގައި، އެގާނޫނަށް އަމަލު ނުކޮށްފި ނަމަ ކަންވެގެން ދާނެ ގޮތް ބަޔާންކޮށްފައި  އަދި ނެތެވެ.

ޔޫރަޕްގެ ގައުމުތަށް ކަމަށްވާ ފްރާންސް، ނެދަލޭންޑްސް، ބެލްޖިއަމް، ބަލްގޭރިއާ އަދި ޖަރުމަނުގެ ބަވަރިއާގައި ވަނީ އާންމު ތަންތަނުގައި މޫނު އެކީ ނިވާ ކުރުމަށް  ހުރަސްތަކެއް ގާއިމުކޮށްފަައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް