ކ. މާލެ
|
13 ޖޫން 2017 | އަންގާރަ 14:18
ސައުދީ ރަސްގެފާނު ސަލްމާން (ކ) ސޯމާލިއާގެ ރައީސްއާ ބައްދަލު ކުރައްވަނީ (ފައިލް)
ސައުދީ ރަސްގެފާނު ސަލްމާން (ކ) ސޯމާލިއާގެ ރައީސްއާ ބައްދަލު ކުރައްވަނީ (ފައިލް)
ގޫގުލް
ގަތަރުގެ މައްސަލަ
ގަތަރާ ގުޅުން ކަނޑާލުމަށް ސޯމާލިއާގެ ރައީސަށް 80 މިލިއަން ޑޮލަރު!!
 
ސައުދީން ދަނީ ގަތަރާ ގުޅުން ކަނޑާލުމަށް ސޯމާލިއަށް ޕްރެޝަރ ބޮޑުކުރަމުން
 
ސޯމާލިއާ އިން ބޭނުންވަނީ ވަކި ފަރާތަކަށް ނުޖެހޭ ސިޔާސަތެއް ގެންގުޅުމަށް
 
ސޯމާލިއާގެ ރައީސް ފައިސާ ގަބޫލެއް ނުކުރެއްވި

ގަތަރާ ގުޅުން ކަނޑާލުމުގެ އިނާމެއްގެ ގޮތުން ސޯމާލިއާގެ ރައީސް މުހައްމަދު އަބްދުﷲ ފަރްމާޖޯއަށް ހުށަހެޅި 80 މިލިއަން ޑޮލަރަށް ނޫނެކޭ ވިދާޅުވެ އެ ހުށަހެޅުން ސޯމާލިއާގެ ރައީސް ދޫކޮށްލެއްވި ކަމަށް ނިއު ޚަލީޖް ނިއުސްއާ ހަވާލާދީ މިޑްލް އީސްޓް މޮނިޓަރ އިން ބުނެފިއެވެ.

ސޯމާލީ ޓުޑޭ ނޫހުން މި ކަމާބެހޭ ގޮތުން ހާމަކޮށްފައިވާ ޚަބަރެއްގައި ބުނަނީ، ގަލްފްގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ސޯމާލިއާއިން ގެންގުޅޭ ވަކި ފަރާތަކަށް ނުޖެހޭ ސިޔާސަތު ބަދަލު ކޮށް ގަތަރާއެކު އޮންނަ ގުޅުން ކަނޑާލުމަށް ސައުދީ އަރަބިއްޔާއިން ވަރަށް ބޮޑަށް އެގައުމުގެ ރައީސަށް ފިއްތުންތައް ކުރިމަތިކޮށްފައިވާ ކަމަށެވެ. މިގޮތުން ސޯމާލިއާގެ ސިޔާސަތު ބަދަލު ނުކޮށްފިނަމަ އެގައުމަށް ސައުދީ އަރަބިއްޔާއިން ދޭ ފައިސާގެ އެހީ ކަނޑާލާނެ ކަމުގެ އިންޒާރު ދިން ކަމަށްވެސް ސޯމާލީ ޓުޑޭ ގައި ރިޕޯޓްކޮށްފައިވެއެވެ.

ގަތަރާ ގަލްފްގެ ބައެއް ގައުމުތަކާ ކުރިމަތިވެފައިވާ މައްސަލަ އާ ގުޅިގެން ސޯމާލިއާއިން ގެންގުޅެމުންދަނީ ވަކި ފަރާތަކަށް ނުޖެހޭ ސިޔާސަތެކެވެ. ނަމަވެސް، ގަތަރަށް ވައިގެ މަގުތައް އަވައްޓެރި ގައުމުތަކުން ބަންދު ކުރުމާއެކު ސޯމާލިއާއިން ވަނީ އެގައުމުގެ ވައިގެ މަގު ބޭނުން ކުރުމުގެ ފުރުސަތު ގަތަރަށް ތަނަވަސް ކޮށްދީފައެވެ.

ގަތަރާއި ގަލްފްގެ އަރަބި ގައުމުތަކާއި އުފެދުނު މައްސަލައެއްގައި ގަތަރާ ކުއްލިއަކަށް ގުޅުން ކަނޑާލި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
0%
0%
0%
0%
0%
0%
ކޮމެންޓް
13 ޖޫން 2017 | އަންގާރަ 15:59
ލާރި
ކޮންމެ ގައުމަކައް ބޮޑުއަދަދެއްގެ ލާރިގަޑެއް ދީގެން ސައުދީން ކުރުވާކަމެއްބާ މި އީ؟ ރާއްޖޭގެ ރައީސްއައްވެސް އެތިކޮޅެއް ދިންބާ؟ އަޅުގަޑުމެންނަކީ ލާރިޔެއް ލިބިއްޖިއްޔާ އެއީ ކިހިނެއް ލިބޭ އެއްޗެއް ބަލަން ޖެހޭބަޔެއް ނޫންކަމައް ހަމަ ޖައްސާފަވާތީ މިއީބޭނުން ސުވާލެއް ނޫންކަންވެސް އެގޭ..