ކ. މާލެ
|
13 ޖޫން 2017 | އަންގާރަ 12:50
ޕެނަމާގެ ކުރީގެ ރައީސް ރިކާޑޯ މާރޓިނެއްލީ
ޕެނަމާގެ ކުރީގެ ރައީސް ރިކާޑޯ މާރޓިނެއްލީ
ގޫގުލް
ޕެނަމާ
ޕެނަމާގެ ކުރީގެ ރައީސް ފިއްލަވައިގެން އުޅުއްވަނިކޮށް އަތުލައިގެންފި
 
ހައްޔަރު ކުރެވުނީ އެމެރިކާއިން
 
ސިޔާސީ ވާދަވެރިންގެ މައްޗަށް ޖާސޫސް ކުރެއްވުން

ޕެނަމާގެ ކުރީގެ ރައީސް ރިކާޑޯ މާރޓިނެއްލީ ފިއްލަވައިގެން އުޅުއްވަނިކޮށް އަތުލައިގެންފިއެވެ.

އޭނާ ހައްޔަރު ކުރީ ޕެނަމާއިން އޭނާ ހައްޔަރު ކޮށްދިނުމަށް އެދި ނެރެފައިވާ އަމުރެއްގެ ދަށުން އެމެރިކާގެ ފްލޮރިޑާއިން ޔޫއެސް މާޝަލް ސާވިސަސް އިން ހިންގި ޚާޢްސަ އޮފަރޭޝަނެއްގެ ދަށުންނެވެ.

ޕެނަމާއިން ކުރީގެ ރައީސް ހައްޔަރު ކުރަން ބޭނުންވަނީ އޭނާގެ މައްޗަށް ޚިޔާނުތުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވުމާއެކު ޝަރީއަތް ހިންގުމަށެވެ.

ޕެނަމާގެ ކުރީގެ ރައީސް ހައްޔަރު ކުރުމަށް އިންޓަރޕޯލުން ވެސް ވަނީ އަމުރެއް ނެރެފައެވެ.

ޕެނަމާގެ ކުރީގެ ރައީސްގެ މައްޗަށް ކުރެވިފައިވާ އިތުރު ތުހުމަތުތަކުގެ ތެރޭގައި 2009 ން 2014 ށް ވެރިކަމުގައި ހުންނެވި ދުވަސްވަރު ސިޔާސީ ވާދަވެރިންގެ މައްޗަށް ޖާސޫސް ކުރެއްވުމާއި، ވިޔަފާރިވެރިންނާއި، ސިޔާސީ މީހުންނާއި، ނޫސްވެރިން ހިމެނޭ ގޮތުން 100 އަށް ވުރެ ގިނަ މީހުންގެ ފޯނުކޯލް އަޑު އެއްސެވެން ހިމެނެއެވެ.

މާރޓިނެއްލީ ގެންދަވަނީ މި ތުހުމަތު ތަކަށް އިންކާރު ކުރައްވަމުންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް
13 ޖޫން 2017 | އަންގާރަ 21:33
އައްލާ އައްޑޫ ހިތަދޫ ބަދަރުން
ދެން ހިފާ ހައިޔަރުކުރި އަޑު އިވޭނީ މިރައީސްއެވެ