ކ. މާލެ
|
13 ޖޫން 2017 | އަންގާރަ 09:28
ޗައިނާއިން ގެންދަނީ ޕެނަމާގައި ވެސް އިންވެސްޓްެމެންޓްތައް އިތުރު ކުރަމުން
ޗައިނާއިން ގެންދަނީ ޕެނަމާގައި ވެސް އިންވެސްޓްެމެންޓްތައް އިތުރު ކުރަމުން
ގޫގުލް
ޓައިވާނާ ގުޅުންކަޑާލުން
ޕެނަމާއިން ޓައިވާނާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލައިފި
 
ޗައިނާއިން ގެންދަނީ ޕެނަމާގައިވެސް އިންވެސްޓްެމެންޓްތައް އިތުރު ކުރަމުން
 
ޗައިނާއިން ބުނާގޮތުގައި ޓައިވާނަކީ އެގައުމުން ވަކިވެފައިވާ ޕްރޮވިންސެއް
 
މިހާރު ޓައިވާނާއެކު ގުޅުން ބާއްވަމުން ގެންދަނީ އެންމެ 20 ގައުމު

ޓައިވާނާއެކު އޮތް ޒަމާންވީ ޚާރިޖީ ގުޅުން ކަނޑާލައި ޕެނަމާއިން ޗައިނާއާ ގުޅުން ގާއިމްކޮށްފިއެވެ.

އެ ގައުމުގެ ސަރުކާރުން ބުނީ އޮތީ "ހަމައެކަނި އެއް ޗައިނާ"ކަން ފާހަގަ ކުރެވިއްޖެ ކަމަށާއި އަދި ޓައިވާނަކީ އެ ގައުމުގެ ބައެއް ކަމަށް ގަބޫލުކޮށްފި ކަމަށެވެ.

ޗައިނާއިން ބުނާ ގޮތުގައި ޓައިވާނަކީ އެގައުމުން ވަކިވެފައިވާ ޕްރޮވިންސެކެވެ. އަދި އެ ގައުމުން ޗައިނާއާ އަލުން ގުޅި އެ ގައުމުގެ ބަޔަކަށް ވާންޖެހެއެވެ.

ޕެނަމާއަކީ ޓައިޕޭއާއެކު ގުޅުން ބާއްވަމުންދިޔަ މަދު ގައުމުތަކުގެ ތެރެއިން އެއްގައުމެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެފަރިކާގެ ރަށެ އްކަމަށްވާ ސައޮ ޓޮމޭ އެންޑް ޕްރިންސިޕޭ އިން ވެސް ވަނީ މި ނިންމުން ނިންމާފައެވެ.

މިހާރު ޓައިވާނާއެކު ގުޅުން ބާއްވަމުން ގެންދަނީ އެންމެ 20 ގައުމުންނެވެ.

މި ފަހުގެ އަހަރުތަކުގައި ޗައިނާއިން ގެންދަނީ ސެންޓްރަލް އެމެރިކާގެ ގައުމުތަކަށް އިގްތިސާދީ ގޮތުން ކުރާ އިންވެސްޓްމަންޓްތައް އިތުރުކުރަމުންނެވެ.

ޓައިވާނުގެ ފޮރިން މިނިސްޓްރީން ވަނީ ޕެނަމާގެ ނިންމުމާ މެދު ރުޅިވެރިކަން ފާޅުކޮށް ފައެވެ. އެ ގައުމުން ބުނެފައިވަނީ "ޑިޕްލޮމެޓިކް މަނީ ގޭމްގައި" އެ ގައުމުން ޗައިނާއާ ވާދަކުރަން ނޫޅޭ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް