ކ. މާލެ
|
13 ޖޫން 2017 | އަންގާރަ 01:23
އަލީ ޝެރިފް އަލް އިމާދީ އަދި ޕިއަރ ޕެޑޯން
އަލީ ޝެރިފް އަލް އިމާދީ އަދި ޕިއަރ ޕެޑޯން
އަލްޖަޒީރާ
ޤަތަރުގެ މައްސަލަ
އިޓަލީން ޤަތަރާއެކު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް އެއްބަސްވެއްޖެ
 
އިޤުތިޞާދު ދިފާޢުކޮށް ފައިސާގެ އަގު ހިފަހައްޓާނަން: ޤަތަރުގެ ފިނޭންސް މިނިސްޓަރ

ސައޫދީ އަރަބިއާ އާއި އެ ރަސްކަމާއި ގުޅިފައިވާ ޤައުމުތަކުން ޤަތަރާއެކު އޮންނަ ސިޔާސީ ގުޅުން ކަނޑާލައިފައި ވަނިކޮށް އިޓަލީން ޤަތަރާއެކު ބާއްވަމުން އަންނަ ވިޔަފާރިއާއި ފައިސާގެ މުޢާމަލާތްތަކުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް އެއްބަސްވެއްޖެއެވެ.

އިޓަލީގެ ރޯމްގައި ހޯމަދުވަހު މިކަމާއި ގުޅޭގޮތުން ވި އެއްބަސްވުމުގައި ޤަތަރުގެ ފަރާތުން އެޤައުމުގެ ފިނޭންސް މިނިސްޓަރ އަލީ ޝަރީފް އަލް އިމާދީ ސޮއި ކުރެއްވިއިރު އިޓަލީގެ ފަރާތުން ސޮއިކުރެއްވީ އެޤައުމުގެ އިޤުތިޞާދާއި ބެހޭ ވަޒީރު ޕިއަރ ޕެޑޯނެވެ.

އެ ބައްދަލުވުމަށްފަހު ދެޤައުމުން ނެރެފައިވާ ގުޅިފައިވާ ބަޔާނުގައި ބުނެފައިވަނީ، އެބައްދަލުވުން ކުރިއަށް ދިޔައީ ވަރަށް ރަނގަޅު މާހައުލެއްގައި ކަމަށާއި ދެޤައުމުގެ ދެމެދުގައިވާ ސިޔާސީ އަދި އިޤުތިޞާދީ ގުޅުން އިތުރަށް ބަދަހިކުރުމަށް އެއްބަސްވެފައިވާ ކަމަށެވެ.

އަލް އިމާދީގެ މި ދަތުރުފުޅަކީ ޔޫރަޕްގެ ޤައުމުތަކަށް ކުރާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި ޕެރިސް، ލަންޑަން، ބަރލިން އަދި ވޮޝިންގޓަނަށް ވަޑައިގަތުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ސައޫދީއާއި އެޤައުމާއި ގުޅިފައިވާ ޤައުމުތަކުން ޤަތަރާއެކު އޮންނަ ސިޔާސީ އަދި އިޤުތިޞާދީ ގުޅުންތައް ކަނޑާލާފައިވާއިރު، އަލްއިމާދީ ވިދާޅުވީ އެދަތިކުރުމުގެ ފިޔަވަޅު އެޅިކަމުގައި ވީނަމަވެސް، ފަސޭހަ ކަމާއެކު އެޤައުމުގެ އިޤުތިޞާދު ދިފާއުކޮށް ފައިސާގެ އަގު ހިފަހައްޓަވާނެ ކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް