ކ. މާލެ
|
13 ޖޫން 2017 | އަންގާރަ 01:00
ހުސްވި ހަފްތާގައި ކުވޭތުގެ އަމީރު ސައުދީ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ހުސްވި ހަފްތާގައި ކުވޭތުގެ އަމީރު ސައުދީ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ރޮއިޓަރސް
ގަތަރުގެ މައްސަލަ
ގަލްފުގައި އަޅާފައިވާ ރެނދުގެ ނަތީޖާ ވަރަށް ގޯސްވެދާނެ: ކުވޭތުގެ އަމީރު
 
އަމީރުވަނީ ޔޫއޭއީ އަށާއި ސައުދީއަށް އަދި ގަތަރަށްވެސް ވަޑައިގެންފައި
 
37 އަހަރު ކުރިން އުފެއްދި ޖީސީސީގައި ބައިބައިވެފައިވާތަން ދެކެން ފަސޭހައެއް ނޫންކަމަށް ވިދާޅުވި
 
މައްސަލަ ހައްލު ކުރުމަށް އިސް ނެންގެވީ ކުވޭތުގެ އަމީރު

ގަލްފުގެ ތިން ގައުމަކާއި ގަތަރާއި ދެމެދުގައި އުފެދިފައިވާ ހަމަނުޖެހުމުގެ އާޚިރު ނަތީޖާ ވަރަށް ގޯސްވެގެން ހިނގައިދާނެ ކަމަށް ކުވޭތުގެ އަމީރު ޝެއިޚް ސަބާހް އަލް އަހްމަދު އަލް ސަބާހް ވިދާޅުވެއްޖެއެވެ.

މައްސަލަ ހޫނުވެފައިވާ ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ސައުދީ އަރަބިއްޔާ، އަދި ގަތަރަށް ކުރެއްވި ދަތުރުފުޅަށްފަހު ކުވޭތުގެ ރަސްމީ ނިއުސް އޭޖެންސީއަށް ދެއްވި ބަސްދީގަތުމެއްގައި އަމީރު ހޯމަ ދުވަހު ވިދާޅުވީ، ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގެ މެމްބަރުންގެ މެދުގައި ބައިބައިވެފައިވާ މަންޒަރު ދެކެވަޑައިގަންނަވަން ވަރަށް އުނދަގޫފުޅު ކަމުގައެވެ.

ޝެއިޚް ސަބާހް ވިދާޅުވީ، ޖީސީސީ އުފެއްދުމުގައި ބައިވެރިވެ ވަޑައިގެންފައި ވުމާއެކު، ކައުންސިލްގެ އަޚުންގެ މެދުގައި ބައިބައިވުން އުފެދުމުން ހިމޭނުން ހުންނެވުމަކީ ކުރެއްވޭނެ ކަމެއް ނޫން ކަމަށާއި، އެކަން ރަނގަޅު ކުރެއްވުމަކީ އޭނާގެ މައްޗަށް އޮތް ވާޖިބެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އުމުރުފުޅުން 87 އަހަރުގެ ޝޭޚް ސަބާހް ހުސްވި ހަފްތާގައި މައްސަލަ ހޫނުވެފައިވާ ހަތަރު ގައުމަށް ވަނީ ދަތުރުފުޅު ކުރައްވާ އެ ގައުމުތަކުގެ އިސްވެރިންނާ ބައްދަލު ކުރައްވާ މަޝްވަރާ ކުރައްވާފައެވެ.

ކުވޭތުގެ އަމީރު ޝޭޚް ސަބާހު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް އުއްމީދު އޮތް ކަމުގައި ގަތަރުގެ ޚާރިޖީ ވަޒީރު ޝޭޚް މުހައްމަދު ބިން އަބްދުއް ރަހްމާން ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
0%
0%
0%
0%
0%
0%
ކޮމެންޓް