ކ. މާލެ
|
12 ޖޫން 2017 | ހޯމަ 11:13
ގަތަރުގައި ސައުދީ، ޔޫއޭއީ އަދި ބަހްރައިން އަށް ނިސްބަތްވާ 11،000 އަށް ވުރެ ގިނަ މީހުން އުޅޭ
ގަތަރުގައި ސައުދީ، ޔޫއޭއީ އަދި ބަހްރައިން އަށް ނިސްބަތްވާ 11،000 އަށް ވުރެ ގިނަ މީހުން އުޅޭ
ޓްވިޓަރ
ގަތަރު މައްސަލަ
ގުޅުން ކަނޑާލި ގައުމުތަކުގެ ރައްޔިތުންނަށް ވެސް ގަތަރުގައި ތިބެވޭނެ ކަމަށް ބުނެފި
 
ގަތަރުގެ މައްސަލައަށް ހައްލު ލިބުމުގެ ކޮޅުމަތި ވެސް އަދި ނުފެނޭ

ގަތަރާ ދާދިފަހުން ޑިޕްލޮމެޓިކް ގުޅުން ކަނޑާލި ގައުމުގެ ރައްޔިތުންނަށް ގަތަރުގައި ގަވާއިދާއި އުސޫލުތަކުގެ ތެރެއިން ތިބުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ގަަަތަރުން ބުނެފިއެވެ.

ގަތަރުގެ އިންޓީރިއާ މިނިސްޓްރީން ބުނީ ގަތަރާއި "ރަހްމަތްތެރި އަދި އަވަށްޓެރި" ގައުމުތަކުގެ ރައްޔިތުންނާ ދޭތެރޭ ގެންގުޅޭ އުސޫލަށް ބަދަލެއް ނާންނަ ކަމަށެވެ.

ގަަތަރުގެ އިންޓީރިއާ މިނިސްޓްރީ އިން ނެރުނު ބަޔާނުގައި، ގަތަރުގައި ތިބި ގަތަރާ ގުޅުން ކަނޑާލި ގައުމުގެތަކުގެ ރައްޔިތުން އެގައުމުގައި މިނިވަން ކަމާއެކު ތިބެވޭނެ ކަމަށް ބުނަމުން، ގަތަރުން ވަނީ އެގައުމާ މެދު ކުރެވޭ ތުހުމަތުތައް އަނެއްކާ ވެސް ދޮގުކޮށްފައެވެ. ބަޔާނުގައި ބުނީ ގަަަތަރު ވެފައި ވަނީ "ނުރައްކާތެރި އަދި ރުޅިވެރި ކެމްޕެއިން" އެއްގެ ޝިކާރައަކަށް ކަމަށެވެ. ގަތަރާ ގުުޅުން ކަނޑާލި އަވަށްޓެރި އަރަބި ގައުމުތަކަކީ  ސައުދީ އަރަބިއްޔާ، ޔޫއޭއީ، މިސްރު، ބަހްރައިން, ޔަމަން އަދި ލީބިޔާ އެވެ. ގަތަރާ ގުޅުން ކަނޑާލި ގައުމުތަކުން އެކަން ކުރީ ގަތަރުން ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް ބުނެއެވެ.

ގަލްފަށް ދިމާވެފައިވާ މައްސަލައަށް ހައްލެއް އަދިވެސް ނުލިބޭ އިރު، ގަތަރުން ވަނީ މައްސަލަ ހައްލު ކުރުމަށްޓަަކައި މަޝްވަރާ އަށް މަރުހަބާ ކިޔާނެ ކަމަށް ބުނެފައެވެ. މައްސަލައަށް ހައްލެއް ގެނައުމަށް ބައެއް ގައުމުތަކުން މަސައްކަތް ކުރަމުންދާއިރު، ކުވައިތުގެ ފޮރިން މިނިސްޓަރު އާދީއްތަ ދުވަހު ވިދާޅުވީ، ކުވައިތުން މެދުވެރިއެއްގެ ރޯލް އަދާކޮށް މައްސަލަ ހައްލު ކުރުމުގައި ދެމިތިބޭނެ ކަމަށެވެ.

ގަތަރުގެ މައްސަލާގައި މެދުވެރިއެއްގެ ރޯލު ކުޅެދިނުމަށް މޮރޮކޯއިން ވެސް ވަނީ ހުށަހަޅައިފައެވެ.

ގަތަރުގައި ސައުދީ، ޔޫއޭއީ އަދި ބަހްރައިން އަށް ނިސްބަތްވާ 11،000 އަށްވުރެ ގިނަ މީހުން ދިރިއުޅެއެވެ.

 

 

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ، އިންޑިޔާގައި އާންމު އިންތިހާބްގެ ވޯޓުލުން ކުރިޔަށް ދަނީ
އޮޕަރޭޝަން ބްލޫ ޓައިޑްގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފަށައިފި
ޓުއަރިޒަމް މިނިސްޓްރީއަށް 25 ސިޔާސީ ބޭފުޅުން، މުސާރައަށް މަހަކު 7 ލައްކައަށްވުރެ ގިނަ ރުފިޔާ
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް