ކ. މާލެ
|
12 ޖޫން 2017 | ހޯމަ 04:48
ޖަލު ހުންނަ ސަރަހައްދު ފާހަގަކުރެވިފައި (ބެނީ)
ޖަލު ހުންނަ ސަރަހައްދު ފާހަގަކުރެވިފައި (ބެނީ)
ބީބީސީ
ކޮންގޯގެ ޖަލެއް ފަޅާލުން
ކޮންގޯގައި ޖަލެއް ފަޅާލާ 900 މީހުން ސަލާމަތްވިއިރު، 11 މީހުން މަރުވެއްޖެ
 
މަރުވި 11 މީހުންގެ ތެރެއިން 8 މީހުންނަކީ ޕްރިޒަން ގާޑުން
 
966 ގައިދީން ތިބި ޖަލުގައި މިހާރު ތިބީ 30 ގައިދީން

ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ޖަލެއް ފަޅާލާ 900 މީހުން ސަލާމަތްވިއިރު، ގައިދީން އަދި ޖަލު ބަލަހައްޓާ ގާޑުންނާ މެދު ހިނގި ހަމަނުޖެހުންތަކުގައި 11 މީހުން މަރުވެއްޖެ އެވެ.

ކޮންގޯގެ ނޯތް ކިވޫ ޕްރޮވިންސްގެ ގަވަރުނަރު ޖޫލިއަން ޕަލުކޫ ބީބީސީއާ ވާހަކަދައްކަމުން ވިދާޅުވީ، ޖަލު ފަޅާލި މީހުން ބަރު ހަތިޔާރު ބޭނުންކޮށްފައިވާ ކަމަށާއި، އެގޮތުން މަރުވި 11 މީހުންގެ ތެރޭގައި 8 މީހުންނަކީ ޖަލު ބަލަހައްޓާ ގާޑުންކަމަށެވެ.

ޕަލުކޫ ވިދާޅުވީ ބެނީ ސަރަހައްދުގައި ހުންނަ ޖަލު ފަޅާލިއިރު، ޖުމްލަ 966 ގައިދީން ތިބޭނެ ކަމަށާއި، އެހެންނަމަވެސް މިހާރު ޖަލުގައި ޖުމްލަ ތިބީ 30 ގައިދީން ކަމަށެވެ.

ބެނީގައި ކުއްލި ހާލަތު އިއުލާންކޮށްފައިވާއިރު، މި ހަމަލާ ދީފައިވަނީ ކޮންބައެއްކަމެއް އަދި ކަށަވަރެއްނުވެއެވެ. އެހެންނަމަވެސް ކަމާބެހޭ ފަރާތްތަކުން އަންނަނީ ހަމަލާދިން މީހުން އަދި ގައިދީން ހޯދުމުގެ މަސައްކަތްކުރަމުންނެވެ.

ބެނީގައި 2014 ވަނަ އަހަރު ހިނގި ހަމަނުޖެހުންތަކުގައި 700 މީހުން ވަނީ މަރާލާފައެވެ.

ކޮންގޯގެ ރައީސް ސޯސެފް ކަބިލާގެ ދައުރު މިދިޔަ އަހަރު ހަމަވި ނަމަވެސް މަގާމުން ދުރުވެފައެއް ނުވެއެވެ. އެގޮތުން އެ ގައުމުގައި ހަމަނުޖެހުންތައް ހިންގަމުން އަންނަތާ ދުވަސްތަކެއް ވެއްޖެއެވެ.

މިދިޔަ މަހު ކޮންގޯގެ ކެޕިޓަލް ކިންޝަސާގައި 4،000 ގައިދީން ޖަލު ފަޅާލާ ވަނީ ނިކުމެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
12 ޖޫން 2017 | ހޯމަ 09:57
ފަހުލަވާނު
ޖަލު ފަޅާލާފަ 900 މީހުން ސަލާމަތްވީތަ ނޫނީ 900 މީހުން ފިލީތަ؟؟؟