ކ. މާލެ
|
11 ޖޫން 2017 | އާދީއްތަ 21:33
ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރުގޭ ލަވްރޯވް (ވ) އަދި އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލާސަން (ފައިލް)
ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރުގޭ ލަވްރޯވް (ވ) އަދި އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލާސަން (ފައިލް)
ރޮއިޓަރސް
ގަތަރުގެ މައްސަލަ
ގަތަރުގެ މައްސަލަ ހައްލު ކުރަން ވާހަކަ ދައްކަން ރަޝިއާ، އެމެރިކާ ގޮވާލައިފި
 
އެމެރިކާ އަދި ރަޝިޔާއިން ވެސް އޮތީ މައްސަލަ ހައްލު ކުރުމަށް އެހީވެދޭން ތައްޔާރަށް

ގަތަރާއި ގަލްފްގެ ބައެއް ގައުމުތަކާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތައް ހައްލު ކުރަން ހުރިހާ ފަރާތަކުން ވާހަކަ ދައްކަން އެމެރިކާ އާއި ރަޝިއާއިން ގޮވާލައިފިއެވެ.

ގަތަރު އެކަހަރި ކުރުމަށް ގަލްފްގެ ތިން ގައުމަކުން އިސްވެ އަޅާފައިވާ ފިޔަވަޅު ތަކުގެ ސަބަބުން މަސްރަހް އިތުރަށް ގޯސްވަމުން ދިއުމާއި ގުޅިގެން އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލާސަން އާއި ރަޝިޔާގެ ޚަރިޖީ ވަޒީރު ސަރުގޭ ލަވްރޯވް ވަނީ މައްސަލަ ހައްލު ކުރުމަށް ވާހަކަތައް ފެށުމަށް ގޮވާލައްވާފައެވެ.

ހޮނިހިރު ދުވަހު ރަޝިޔާގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމެރިކާ އާއި ރަޝިޔާގެ ޚާރިޖީ ވަޒީރުން މައްސަލަ އާ މެދު ފޯނުން މަޝްވަރާ ކުރެއްވި ކަމަށާއި، އެ މަޝްވަރާގައި ގަލްފްގައި ހިމެނޭ އަރަބި ގައުމުތަކުން ގަތަރާއެކު ބާއްވަމުން ދިޔަ ޑިޕޮލޮމެޓިކް ގުޅުން ކަނޑާލުމުން ކުރިމަވަމުންދާ ނޭދެވޭ އަސަރުތަކާ ބެހޭ ގޮތުން ދެ ލީޑަރުން މަޝްވަރާ ކުރެއްވި ކަމަށެވެ.

ހުސްވި ހަފްތާގެ ހޯމަ ދުވަހު، މިސްރާއި ޔުނައިޓެޑް އެރަބް އެމިރޭޓްސް އާއި ބަހްރޭން އަދި ބައެއް އެހެން ގައުމުތަކުން ކުއްލި ގޮތަކަށް ގަތަރާ ގުޅުން ކަނޑާލީ ގަތަރުން ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް ތުހުމަތު ކޮށްފައެވެ.

ގަތަރުން ގެންދަނީ މި ތުހުމަތު ތަކަށް އިންކާރު ކުރަމުންނެވެ.

ރަޝިޔާ އާއި އެމެރިކާގެ ޚާރިޖީ ވަޒީރުން ވިދާޅުވެފައިވަނީ ވާހަކަ ދައްކައިގެން މައްސަލަތައް އަވަހަށް ހައްލު ކުރަންޖެހޭ ކަމަށާއި އަދި އެކަމަށް ކުރަންޖެހޭ ކޮންމެ ކަމަކަށް ދެ ގައުމުންވެސް ތައްޔާރަށް ތިބި ކަމަށެވެ.

ގަތަރަށް ދަތި ކުރުމުގެ ގޮތުން ގަލްފްގެ އަރަބި ގައުމުތަކުންވަނީ އެއްގަމާއި، ކަނޑާއި ވައިގެ މަގުތައް ބަންދުކޮށްފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އޮޕަރޭޝަން ބްލޫ ޓައިޑްގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފަށައިފި
ޓުއަރިޒަމް މިނިސްޓްރީއަށް 25 ސިޔާސީ ބޭފުޅުން، މުސާރައަށް މަހަކު 7 ލައްކައަށްވުރެ ގިނަ ރުފިޔާ
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް
އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ބަދުނާމުކުރުމުގެ ނިޔަތުގައި ހަބަރުފަތުރާފައިވާތީ އެކަން ކުށްވެރިކޮށްފި