ކ. މާލެ
|
4 ޖޫން 2017 | އާދީއްތަ 17:05
ރޯދަ ވީއްލުމަށް މޭޒުމަތި ތައްޔާރުކޮށްފައި
ރޯދަ ވީއްލުމަށް މޭޒުމަތި ތައްޔާރުކޮށްފައި
ރާއްޖެއެމްވީ
ރަމަޟާން 1438
ބަރުދަން ލުއި ކުރުމަށް ކެއުމުގެ ރަގަޅު އާދަތައް ބޭނުން
 
ބަރުދަން ލުއި ކުރުމަށް ސިއްހަތަށް ފައިދާ ހުރި ކާނާ ކާން ޖެހޭ

ކޮންމެ ރަމަޟާން މަހަކު ވެސް 29 ނުވަތަ 30 ދުވަހު ރޯދަ ހިފަންޖެހެ އެވެ. މި ރަމަޟާން މަސް ހޫނު މޫސުމާއި ދިމާވާ އިރު، މިއީ 32 އަހަރަށް ފަހު އެންމެ ގިނަ ވަގުތު ރޯދަ އަށް މުސްލިމުން ތިބެންޖެހޭ ފަހަރެވެ.
ރަމަޟާން މަހުގެ ގިނަ ވަގުތުތައް ރޯދަ ހިފުމުގައި ހޭދަ ކުރާ އިރު، ރޯދައަށް ނުހުންނަ ވަގުތުތަކުގައި ކެއުމުގައި ރަގަޅު ކާނާ އިހްތިޔާރު ކުރުމަކީ މުހިއްމު ކަމެކެެވެ.
އަޅުކަމާއި އެނޫންވެސް ކަންކަމުގައި ރަމަޟާން މަހު މަދު ވަގުތުތަކުގައި ނިދޭ ގޮތް ދިމާވެ އެވެ. އެހެން ކަމުން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ރަގަޅު ކާނާ އަކީ ކޮންމެހެން މުހިއްމު އެއްޗެކެވެ. ކެއުމުގައި ޚާއްސަ ކަންތައްތަކަށް ސަމާލުވެވިދާނެ އެވެ.
ސިއްހީ މާހިރުން ފާހަގަކުރާ ގޮތުގައި، ކާއިރު އަވަސް އަރުވާލައިގެން ކެޔުމުގެ ބަދަލުގައި ހަމަޖެހިގެން ކެއުމާއި ކާރިއު ފަސޭހައިން ހަޖަމުވާ ޒާތުގެ ކާނާ ކެއުމަށް އަހައްމިޔަތު ކަން ދޭން ޖެހެ އެވެ. ކެއުމަށް ބޭނުންކުރާ ކާނާގެ ގޮތުގައި ޕާން، ބަތް އަދި އަލުއި ފަދަ ފައިބާ އާއި ކާބޯހައިޑްރޭޓްސް ހިމެނޭ، ތަކެތި ބޭނުން ކުރުމަށް އިސްކަންދޭން ޖެހެ އެވެ.
ހަށިގަނޑުގެ 60 އަދި 70 ޕަސެންޓަކީ ފެން ކަމުގައިވާ އިރު، ޑީހައިޑްރޭޓް ވެއްޖެ ނަމަ، ބޮލުގައި ރިއްސުމާއި، ބޯ އެނބުރުމާއި ވަރުބަލިވުމުގެ އިތުރަށް ހަން ކުރަކިވުމަށް މަގުފަހިވެ އެވެ.
މިކަމުން ސަލާމަތް ވުމަަށް ތެލުލާފައި ހުންނަ ހެދިކާ އާއި އެހެނިހެން ތަކެތި ކެޔުމުން ދުރުވުމަށް ސިއްހީ މާހިރުން ބުނެ އެވެ. ފޮނި އެއްޗެހި ބޭނުން ކުރި ނަމަވެސް މާގިނައިން ބޭނުން ކުރުމަކީވެސް ރަގަޅު ކަމެއް ނޫނެވެ.
މިގޮތަށް އަމަލުކޮށްފި ނަމަ، ރަމަޟާން މަހުގައި ހަށިގަނޑުގެ ބަރުދަން ލުއިވެ، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މަގުފަހިވެ އެވެ.
ރަމަޟާން މަހުގެ ދުވާލުގެ ވަގުތުގައި ކެޔުމާއި ދުރުގައި ތިބެންޖެހު ނަމަވެސް، ރަމަޟާން މަހަކީ، ކޮލެސްޓްރޯލް މަދު ކުރުމާއި ހަރުކު ކޮންޓްރޯލް ކޮށް، ލޭ މައްޗަށް ދިއުމުން ދުރުވުމަށް މަސައްކަތް ކުރެވޭނެ އެންމެ މުނާސަބު ދުވަސްވަރު ކަމަށް ސިއްހީީ މާހިރުން ބުނެ އެވެ.
މިކަން މިގޮތަށް ވަނީ، ނުކައި ހުރުމުގެ ސަބަބުނެއް ނޫނެވެ. އެެހެން ނަަމަވެސް ކާ ވަގުތު ތަކުގައި ސިއްހަތަށް ފައިދާވާނެ ފަދަ ކާނާ ކެޔުމުގެ ސަބަބުންނެވެ. އެހެންކަމުން ރަމަޟާން މަހުގައި ބަރުދަން ލުއި ކުރަން ބޭނުންވާ ނަމަ، ކެއުމުގައި ރަގަޅު އާދަތަކެއް ގެންގުޅެން ޖެހެ އެވެ.ހަމައެކަނި ރޯދައަށް ހުރުމުންނެތް ބަރުދަން ލުއި ނުކުރެވޭނެ އެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
25%
13%
13%
50%
0%
ކޮމެންޓް
ގުޅުންހުރި