ކ. މާލެ
|
25 މެއި 2017 | ބުރާސްފަތި 13:43
ރަމަޟާން މަހުގެ ކެއުން ބުއިން
ރަމަޟާން މަހުގެ ކެއުން ބުއިން
ގޫގުލް
ރަމަޟާން މަހުގެ ކެއުން
ރަމަޟާން މަހުގައި ކެއުން ބުއިމުގައި ސަމާލުވާންޖެހޭ ކަންކަން!
 
ރޯދަ ވީއްލާ ގަޑީގައި މެދުމިނެއްގައި ކެއުން ބެހެއްޓުން
 
ގިނަ އިން ދިޔާއެއްޗެހި ބޯން އާދަކުރަންޖެހޭނެ

ކުރިއަށް އޮތް ރަމަޟާން މަސް ފެށެން ދެ ދުވަހަކަށް ވެފައިވާ އިރު މި މަހަށް ތައްޔާރުވުމުގެ ގޮތުން ގިނަ ކަންތައްތަކެއް އަންނަނީ ކުރަމުންނެވެ. ރޯދަ މަހުގައި އަޅުކަމުގެ އިތުރުން ދިވެހިންނަކީ ސުފުރާ މައްޗަށް ތަފާތު ބާވަތްތައް ގެނެސް، ކެއްކުމުގައި ޚާއްސަ ކަންތައްތަކެއް  ގެންގުޅޭ ބަޔެކެވެ.

މިކަންކަމަކީ ޒަމާނުއްސުރެ މީހުންގެ ގައިގައި ހަރުލާފައިވާ އާދަތައް ކަމުގައިވީ ނަމަވެސް މިފަދަ މަހެއްގައި ސިއްހީ ގޮތުން ބޭނުންވާ ނިއުޓްރިޝަނާއި ހަށިގަނޑަށް ބޭނުންވާ ފެން ލިބޭނެ ގޮތަށް ކެއުމުގެ އާދަތައް ބައްޓަން ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ރަމަޟާން މަހުގައި ކެޔުމުގެ ކަންކަން ބައްޓަން ކުރުމުގައި ސިއްހީ ގޮތުން ފައިދާ ހުރި ގޮތްތަކެއް ބޭނުން ކުރެވިދާނެ އެވެ.

  1. ރޯދަ ވީއްލުމާއި ރޯދަ ހިފުމާއި ހަމައަށް ރޭގަނޑު 8 ތަށި ފެން ބުއިން. މިކަމުގެ ސަބަބުން މީހާ ޑީހައިޓްނުވެ ހުރުމަށް މަގުފަހިވޭ.
  2. ރޭގަނޑު 6-8 ގަޑިއިރަށް ނިދުން. ނިދުން މަދުވެއްޖެ ނަމަ، ވަރުބަލިވެ، މީހާގެ ބުންވަރުދަށްވެ އެވެ.
  3. ރޯދަ ވީއްލާ އިރު ކެއުމުގައި ހުރިހާ ބާވަތެއްގެ ނިއުޓްރިޝަން ލިބޭ ބާވަތްތައް ބޭނުން ކުރަންޖެހޭ. ކަދުރާއި ސޫޕް އާއި ސަޓަނި އަދި މޭވާއި އާއި ފޮނިކާ ތަކެތިވެސް އެއްވަރަކަށް ބޭނުން ކުރަންޖެހޭ. ކެއުމުގައި ބެލެންސް ޑައިޓެއް ގެންގުޅެން ޖެހޭ.
  4. ރޯދަ މަހު ކަސްރަތުކުރުން
  5. ހާރު ކާއިރު ހަށިގަނޑަށް އެނަރޖީ ލިބޭފަދަ ތަކެތި ގިނައިން ބޭނުން ކުރުން.

ރަމަޟާން މަހުގައި ދޫކުރަންޖެހޭ އާދަތައް

  1. ރޭގަނޑުގެ ވަގުތުތަކުގައި، ހަށިގަނޑަށް ބޭނުންވާ ވަރަށް ވުރެއް އިތުރަށް ފެން ބޭނުން ނުކުރުން. މިކަމުގެ ސަބަބުން ބަނޑުގެ ރިހުމަށް މަގުފަހިވޭ.
  2. ހަށިގަނޑަކަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް ކެއުން.
  3. ރޯދަ ވީއްލާ ގަޑީގައި ބަނޑު ފުރޭ ވަރަށް ނުކެއުން
  4. ހަކުރު އެކުލެވޭ ބާވަތްތައް މާގިނައިން ބޭނުން ނުކުރުން

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް