ބުރާސްފަތި 02 އޭޕުރިލް 2020
08 ރޭވަ
1441 ޝައުބާން 09
ފަތިސް 04:52
އިރުއަރާ 06:03
މެންދުރު 12:14
އަސްރު 15:13
މަޣްރިބް 18:16
އިޝާ 19:28
ދުނިޔެ - އުތުރު ކޮރެއާ މައްސަަލަ

އުތުރު ކޮރެއާގެ އަމަލުތަކަށް ތާއިދުކުރާ ގައުމުތަކަށް އެމެރިކާ އިން އިންޒާރު ދީފި

  • އެމެރިކާ އިން ވަނީ ދާދި ފަހުން އުތުރު ކޮރެެއާ އިން ކުރި މިސައިލް ޓެސްޓްއާ ގުޅިގެން ވެސް އިންޒާރު ދީފަ

އަހުމަދު އަނޫޝު
IamAhmedAnoosh

ކ. މާލެ 17 މެއި 2017 | ބުދަ 13:46 4,319

އުތުރު ކޮރެއާ އިން އަސްކަރީ ބާރު ދައްކާލުމަށް ބޭއްވި ޕެރޭޑެއްގެ ތެރެއިން - ރޮއިޓަރސް

އުތުރު ކޮރެއާގެ އަމަލުތަކަށް ތާއިދު ކުރާ ގައުމުތަކަށް އެމެރިކާ އިން އިންޒާރު ދީފިއެެވެ.

އެމެރިކާ އިން އދ. އަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރު ނިކީ ހޭލީ ވިދާޅުވީ "ގައުމުތަކުން ސަޕޯޓު ކުރަންވީ އުތުރު ކޮރެއާ އަށް ނޫނީ އަހަރަމެންނަށް ކަމަށެވެ." އުތުރު ކޮރެއާގެ މައްސަލާގައި ބައެއް ގައުމުތަކުން ގެންދަނީ އދ, އިން އުތުރު ކޮރެއާ އާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް އެގައުމުތަކުން ދޭން ޖެހޭ އެއްބާރުލުން ނުދެމުންނެވެ.

ނިކީ ހޭލީ އުތުރު ކޮރެއާ އަށް ތާއިދުކުރާ ގައުމުތަކަށް ވިދާޅުވީ، އުތުރު ކޮރެއާ އަށް ތާއިދު ކުރާ ގައުމުތަކަށް ވެސް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ތިބީ ތައްޔާރަށް ކަމަށެވެ. އުތުުރު ކޮރެއާ ހިމެނޭ ސަރަހައްދުގައި، އެގައުމުގެ އެންމެ ގާތް ބައިވެރިޔާ އަކީ ޗައިނާއެވެ. އެހެން ނަމަވެސް ނިކީ ހޭލީ ވިދާޅުވީ އެމެރިކާ އާއި ޗައިނާ ގުޅިގެން އުތުރު ކޮރެއާއާ ދެކޮޅަަށް މަސައްކަތް ކުރުމަށްޓަކައި އާ ގަރާރަކަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ.

އުުތުރު ކޮރެއާ އަށް ތާއިދު ކުރާ ގައުމުތަކަށް ނިކީ ހޭލީ އިންޒާރު ދެއްވީ ހޯމަ ދުވަހު ބޭއްވުނު އދ. ގެ ސެކިޔުރިޓީ ކައުންސިލްގެ ކުއްލި ބައްދަލުވުުމުގެ ކުރިންނެވެ. ހޯމަ ދުވަހު ބޭއްވި އދ. ގެ ސެކިޔުރިޓީ ކައުންސިލުން ވަނީ އުތުރު ކޮރެއާ އިން އެންމެ ފަހުން ކުރި މިސައިލް ޓެސްޓް ކުށްވެރިކޮށް އަދި އާ ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފިއެވެ.

އުތުރު ކޮރެއާ މައްސަލާގައި އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.  އެމެރިކާ އާއި ދެކުނު ކޮރެއާގެ އެޖެންޓުން ވެގެން އުުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން އަވަހާރަކޮށްލަން އުޅޭ ކަމަށް އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާ އިން ދާދި ފަހުން ވަނީ ބުނެފައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް