ކ. މާލެ
|
16 މެއި 2017 | އަންގާރަ 04:02
ރޭޕްކުރުމާއި ދެކޮޅަށް ކުރިއަށް ގެންދިޔަ ހިމޭން މުޒާހަރާއެއްގެ ތެރެއިން
ރޭޕްކުރުމާއި ދެކޮޅަށް ކުރިއަށް ގެންދިޔަ ހިމޭން މުޒާހަރާއެއްގެ ތެރެއިން
ގޫގުލް
އިންޑިއާގައި ރޭޕްކޭސް
އިންޑިއާގައި އަނެއްކާވެސް ރަހުމުކުޑަ ރޭޕްގެ މައްސަލައެއް!
 
ރޭޕްކޮށްލާފައިވަނީ 23 އަހަރުގެ އަންހެނެއް
 
މަރާލާފައިވަނީ ވަރަށް ރަހުމްކުޑަ ގޮތަކަށް
 
ދެމީހަކު ވަނީ ހައްޔަރުކޮށްފައި

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ކޮލެޖް ދަރިވަރަކު ރޭޕްކޮށް މަރާލި ހަތަރު މީހުންގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމް ސްޕްރީމް ކޯޓުން ދެމެހެއްޓިތާ މާގިނަ ދުވަސްތަކެއް ނުވަނިސް އެއަށްވުރެ ރޭޕްކުރުމުގެ ރަހުމް ކުޑަ އަމަލެއް ބަޔަކު ހިންގައިފިއެވެ.

 

މިފަހަރުގެ ރޭޕްގެ މައްސަލަ ހިނގާފައިވަނީ އިންޑިއާގެ ހަރްޔާނާ ސްޓޭޓްގެ ރޮހްތަކް ނަމަކަށް ކިޔާ ރަށެއްގައެވެ.

 

އެންޑީޓީވީން ބުނާ ގޮތުގައި މިފަހަރު ރޭޕްކޮށްފައިވަނީ 23 އަހަރުގެ އަންހެނެކެވެ. އަދި ރޭޕްކުރުމަށްފަހު އެ އަންހެން މީހާ ވަރަށް ރަހުމް ކުޑަ ގޮތަކަށް މަރާލާފައިވާ ކަމަށް ފުލުހުންނާއި ހަވާލާދީ އެންޑީޓީވީން ބުނެއެވެ.

 

ފުލުހުންނާއި ހަވާލާދީ ޚަބަރުތައް ބުނާގޮތުގައި އަންހެން މީހާ މަރާލާފައިވަނީ ހިލަގަނޑަކުން މޫނު މަތީގައި ތަޅާ ޗިސްޗިސް ކޮށްލައިގެންނެވެ.

 

މި ލާއިންސާނީ ގޮތްކުޑަ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހަރްޔާނާ ސްޓޭޓްގެ ފުލުހުން ހައްޔަރުކޮށްފައިވާއިރު އެތަނުން އެކަކު އެއަންހެން މީހާއަށް އުނދަގޫކުރާ މައްސަލައެއް ފުލުހުންނަށް ކުރިން ހުށަހަޅާފައިވެއެވެ.

 

މޫނުމަތި ޗިސްކޮށްލުމުގެ އިތުރުން އަންހެން މީހާ ރޭޕްކުރި މީހުންވަނީ އޭނާގެ ގައިމަތިން ކާރުވެސް ދުއްވާފައެވެ. އެކަމުގެ ސަބަބުން އޭނާ ދެބުރިވެފައިވާ ކަމަށް ފުލުހުންނާއި ޙަވާލާދީ ޚަބަރުތައް ބުނެއެވެ.

 

ފުލުހުންނަށް އަންހެން މީހާގެ ހަށިގަނޑު ފެނުނީ ހުސްބިމަކަށް އެއްލާލާފައި ވަނިކޮށެވެ. އޭރު އަންހެން މީހާގެ ހަށިގަނޑުގެ އޮތީ އެއް ބައި ކަމަށްވެއެވެ.

 

އެއްލާލާފައި އޮތްތަނުގެ ގޮތުން އަންހެން މީހާގެ ބައެއް ގުނަވަންތަކާއި ތަންތަން ކުއްތާ ކައިފައިވާ ކަމަށްވެސް ވެއެވެ. އޭނާ އާއިލާ ހަށިގަނޑު ދެނެގަތީ އާއިލާއިން ގަނެދީފައިވާ ހާރަކާއި އަންހެން މީހާގެ އިނގިލިތަކުންނެވެ.

 

އިންޑިއާގައި ރޭޕްކޮށްލުމަށްފަހު ރަހުމުކުޑަ ގޮތަކަށް އަންހެނަކު މަރާލި މައްސަލައެއް ފެންމަތިވެފައިވާއިރު، ނިއުދިއްލީގެ މަގެއްގެ މަތީގައި ދުއްވަމުން ދިޔަ ބަހެއްގެ ތެރޭގައި ފިރިހެނުންގެ ގްރޫޕަކުން ކޮލެޖެއްގައި ކިޔަވަމުންދިޔަ އަންހެނަކު ރޭޕްކުރި މީހުންގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމް އެގައުމުގެ ސްޕްރީމް ކޯޓުން ދަމަހައްޓާފައިވަނީ މޭމަހުގެ 5 ވަނަ ދުވަހުއެވެ.

 

އުމުރުން 23 އަހަރުގެ ފިޒިއޮތެރަޕީ ދަރިވަރު ރޭޕްކޮށް މަރާލީ ސިނަމާގައި ފިލްމެއް ބެލުމަށް ފަހު ބަހުގައި ގެއަށް ދަނިކޮށް ޑިސެމްބަރު 2012 ގަ އެވެ.

 

އަންހެން ކުއްޖާ މަރުވީ އަނިޔާތަކަށް ސިންގަޕޫރުގައި ފަރުވާ ދެނިކޮށް އެ ހާދިސާ ހިނގިތާ 13 ދުވަސް ފަހުންނެވެ.

 

ދަރިވަރު މަރާލި ހަތަރު މީހުންނަށް މަރުގެ ހުކުމް އިއްވީ ސެޕްޓެމްބަރު، 2013 ގަ އެވެ. ދިއްލީގެ ހައި ކޯޓުން އެ ހުކުމް ދަމަހައްޓާފައި ވަނީ މާޗް 2014 ގައެވެ.

 

އެ ޖަރީމާގައި އަންހެން ކުއްޖާ ރޭޕްކޮށް މަރާލުމާ ގުޅިގެން ހަ މީހުން ހައްޔަރުކުރި އެވެ. އޭގެ ތެރޭން އެކަކު ޖަލުގައި އަމިއްލައަށް ދަންޖެހިގެން މަރުވެފައިވެއެވެ. ދެން ހިމެނެނީ ކުޑަކުއްޖެއް ކަމުން ތިން އަހަރު ކަރެކްޝަނަލް ސެންޓަރެއްގައި ބެހެއްޓުމަށް ފަހު 2015 ގައި އޭނާ ދޫކޮށްލިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ދައުލަތުގެ މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތް ކުރެވޭނެ ގޮތްތައް ބަޔާންކޮށް އުސޫލެއް ނެރެފި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ
ރަމަޟާންމަހު ފަހު 10ގައި ބީއެމްއެލްއިން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި