ކ. މާލެ
|
15 މެއި 2017 | ހޯމަ 20:51
ނުރައްކާތެރި އެބޯލާ ބަލި ޖެހިފައިވާ މީހަކަށް އޮފިޝަލުން އެހީތެރިވަނީ
ނުރައްކާތެރި އެބޯލާ ބަލި ޖެހިފައިވާ މީހަކަށް އޮފިޝަލުން އެހީތެރިވަނީ
ގެޓީ އިމޭޖަސް
އެބޯލާ ބަލި
ނުރައްކަތެރި އެބޯލާ ކޮންގޯ އިން ފެނިއްޖެ
 
ބަލީގައި މިހާތަނަށް 3 މީހުން މަރުވެފައިވޭ

ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯގައި އެބޯލާ ބަލި އުޅޭ ކަން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ޑަބްލިއުއެޗްއޯ އިން ކަށަވަރު ކޮށްދީފިއެވެ.

ހުކުރު ދުވަހު އެ ޖަމްއިއްޔާއިން ހާމަ ކުރި ގޮތުގައި އެކަކު އެބޯލާއަށް ފޮސިޓިވް ވެފައިވާ ކަން ވަނީ ކަށަވަރު ކުރެވިފައެވެ.

ބަލީގައި މިހާތަނަށް 3 މީހަކު މަރުވެ، 11 މީހަކަށް ބަލި ޖެހިފައިވާ ކަމަށް ބެލޭ ކަމަށް ޑަބްލިއުއެޗްއޯ އިން ހޮނިހިރު ދުވަހު ކުރި ޓްވީޓެއްގައި ބުނެފައިވެއެވެ.

 

 

 

ކޮންގޯގައި އެބޯލާ ފެތުރެމުންދަނީ، އެކަހެރިކޮށް އޮންނަ އެ ގައުމުގެ އުތުރުގެ ސަރަހައްދެއް ކަމަށްވާ ލިކާޓީގައި ކަމަށާއި ވެރިރަށް ކިންޝާސާއިން އެ ސަރަހައްދަށް ފޯރުމަށް ދެގަޑި ތިންގަޑިއިރު ހޭދަވާނެ ކަމަށްވެސް ޑަބްލިއުއެޗްއޯ އިން ބުނެފައިވެއެވެ.

ފަހުގެ ތާރީޚެއްގައި އެބޯލާ ބަލި އެންމެ ބޮޑަށް ފެތުރިގެން ދިޔައީ 2013 ން 2016 ށް ގިނީ އާއި ސިއެރަ ލިއޯން އަދި ލައިބީރިއާގައެވެ. އެފަހަރު 28،000 މީހުންނަށް ބަލި ޖެހުނު ކަމަށް ރެކޯޑް ކުރެވުނު އިރު ބަލީގައި 11،000 މީހުން މަރުވިއެވެ.

އެބޯލާ ބައްޔަށް ބޭނުން ކުރެވޭ އެކްސްޕެރިމެންޓަލް ވެކްސިން އެއް ވަނީ ތައާރުފް ކުރެވިފައެވެ. މި ވެކްސިން ކާމިޔާބު ކަމަށް ޓެސްޓް ތަކުން ހާމަވެފައިވާ ކަމަށް ރިޕޯޓްތަކުގައި ވެއެވެ.

ބަލި ކޮންޓްރޯލް ކުރުމަށް ޑަބްލިއުއެޗްއޯ އާއި ކޮންގޯ ސަރުކާރުން މިހާރު ގެންދަނީ ބަލި އުޅޭ ސަރަހައްދުގައި މަސައްކަތް ކުރަމުންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
0%
0%
0%
0%
0%
0%
ކޮމެންޓް