ކ. މާލެ
|
15 މެއި 2017 | ހޯމަ 19:51
ސައިބަރ އެޓޭކްގެ ސަބަބުން ލެޕްޓޮޕްއަކަށް ވެފައިވާ ގޮތް ދައްކުވައިދޭ ފޮޓޯއެއް
ސައިބަރ އެޓޭކްގެ ސަބަބުން ލެޕްޓޮޕްއަކަށް ވެފައިވާ ގޮތް ދައްކުވައިދޭ ފޮޓޯއެއް
ގޫގުލް
ސައިބަރ އެޓޭކް
ސަރުކާރުތަކުން ޑޭޓާ ރައްކާތެރިކުރާ އިރު ސަމާލުވާންޖެހޭ: މައިކްރޯސޮފްޓް
 
ކުރަންޖެހުނީ ކުޑަކުޑަ މަސައްކަތެއް
 
ހަމަލާ ހުއްޓުވީ 22 އަހަރުގެ ރިސާޗަރެއް

ސަރުކާރުތަކުން ޑޭޓާ ރައްކާތެރި ކުރާ އިރު ސަމާލުވާން ޖެހޭ ކަމަށް މައިކްރޯސޮފްޓުން ބުނެފި އެވެ.

 

މައިކްރޯސޮފްޓުން މިހެން ބުނެފައިވަނީ މިދިޔަ ހުކުރު ދުވަހު ހެކަރުންގެ ގްރޫޕަކުން ދުނިޔޭގެ އެތައް ގައުމަކަށްދިން ރެންސަމްވެއާރ ހަމަލާއާ ގުޅިގެންނެވެ. މައިކްރޯ ސޮފްޓުން ބުނެފައިވަނީ ޑޭޓާ ރައްކާތެރި ކުރާ އިރު ސަމާލުނުވެއްޖެ ނަމަ އެ މައުލޫމާތަށް ހެކަރުން ދަމައިގަންނާނެ ކަމަށެވެ. އެގޮތުން މިދިޔަ ހުކުރު ދެވުނު ރެންސަމްވެއާރ ޙަމަލާއަކީ ހޭލަން ދިން ވަރުގަދަ އިންޒާރެއް ކަމަށް މައިކްރޯސޮފްޓުން ބުނެފައިވެއެވެ.

 

މިދިޔަ ހުކުރު ދުވަހު ހެކަރުންގެ ގްރޫޕަކުން ފޮނުވާލި ސައިބާ ހަމަލާ 150 ގައުމަކަށް އަމާޒްވެފައިވެއެވެ. މި ހަމަލާގައި ދެ ލައްކައަށްވުރެ ގިނަ ކޮމްޕިއުޓާ ނެޓްވޯކް ފުޑާލާފައިވެއެވެ. އެކަމުގެ ސަބަބުން އެ ނެޓްވޯކްތަކުގެ ފައިލްތަކުގެ ކޮންޓްރޯލް ގެއްލުނެވެ. އަދި އެކަންކުރި ހެކަރުން ބުނެފައިވަނީ އަލުން ފައިލްތަކުގެ ކޮންޓްރޯލް ހޯދަން ބޭނުންނަމަ 300 ޑޮލަރު ދިނުމަށެވެ.

 

މި ސައިބާ ހަމަލާ އަމާޒްވި މުހިތްމުތަންތަނުގެ ތެރޭގައި އިނގިރޭސިވިލާތުގެ ނޭޝަނަލް ހެލްތު ސާވިސް، ޖަރުމަނުގެ ރެއިލް ނެޓްވޯކް ޑޯޝޭ ބާން، ސްޕޭނުގެ ޓެލެކޮމް އޮޕަރޭޓަރު ޓެލެފޯނިކާ، ރަޝިޔާގެ ދާޚިލީ ވުޒާރާ ހިމެނެއެވެ. ގިނަ ބަޔަކަށް ސިހުން ގެނުވި ސައިބާ ޙަމަލާ ހުއްޓުވާފައިވަނީ އެންމެ 10.69 ޑޮލަރު ހަރަދުކޮށްލއިގެން އިނގިރޭސި ވިލާތުގެ 22 އަހަރުގެ މާކަސް ހަޗިންސް އެވެ.

 

މާކަސް އަކީ "މެލްވެއާރޓެކް" ގެ ނަމުން މަޝްހޫރުކަން ހޯދާފައިވާ މެލްވެއާރ ރީސާޗަރެކެވެ. އޭނާ އެކަން ޙައްލުކުރީ މި ހަމަލާގެ ރެންސެމްވައާރގައި ހިމެނޭ ޑޮމެއިން ނަމެއް ހޯދައިގެންނެވެ. އެކަންކުރުމަށްޓަކައި ޑޮމެއިން ހޯދައި ރަޖިސްޓްރީކުރިއެވެ. ޑޮމެއިން ރެޖިސްޓްރީ ކުރުމާއެކު އެ ހަމަލާ ކޮންޓްރޯލްކޮށް ހުއްޓުވާލެވޭނެ އެއްޗެއްކަން އެނގުނު ކަމަށް މާކަސް ބުނެފައިވެއެވެ.

 

ސީއެންއެންއަށް މައުލޫމާތު ދެމުން މާކަސް ބިނެފައިވަނީ އެ ސައިބަރ އެޓޭކް ދިނުމަށް ބޭނުންކުރި ޑޮމެއިންގެ ނަން ޖެހެނީ ރަޖިސްޓްރީ ނުކޮށް ބަހައްޓަން ކަމަށެވެ.

 

"ހަމަލާ އުފެއްދި ފަރާތުން ވިސްނާފައި އޮތީ އެ ނަން ރަޖިސްޓްރީ ނުކުރާނެ ކަމަށް. ރަޖިސްޓްރީ ކުރުމާއެކު ހަމަލާ ހުއްޓުނު" މާކަސް ބުނެފައިވެއެވެ.

 

މާކަސް ވަނީ ރެންސަމްވެއާގައި ހިމެނޭ ޑޮމެއިން ނަމެއް ރަޖިސްޓްރީކޮށް ވައިރަސް ފެތުރުން ހުއްޓުވި ގޮތް ހިއްސާކޮށްފައެވެ. މި ހަމަލާގެ ސަބަބުން އިނގިރޭސިވިލާތުގެ ހޮސްޕިޓަލްތައް ހުއްޓުމަކަށް އައެވެ. މި ހާދިސާއާއި ގުޅިގެން މައިކްރޮސޮފް ޓުންވަނީ ހާއްސަ ފިޔަވަޅުތަކެއް އާޅާފައެވެ. ވިންޑޯސް 8 އަދި 10 ގެ އިތުރުން ވިންޑޮސް 7 ގެ އަޕްގްރޭޑެއްވެސް ވަނީ ތައްޔާރު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް