ކ. މާލެ
|
15 މެއި 2017 | ހޯމަ 18:23
ހަމްޒާ ބިންލާދިން އޭނާގެ ބައްޕަ އަދި އަލްގައިދާގެ ކުރީގެ ލީޑަރު އުސާމާ ބިންލާދިން އާ އެކު
ހަމްޒާ ބިންލާދިން އޭނާގެ ބައްޕަ އަދި އަލްގައިދާގެ ކުރީގެ ލީޑަރު އުސާމާ ބިންލާދިން އާ އެކު
ގޫގުލް
ހަމްޒާ ބިންލާދިން
ބައްޕަގެ މަރުގެ ބަދަލު ހިފާނަން: ހަމްޒާ ބިންލާދިން
 
ހަމްޒާ އުޅޭތަނެއް ނޭނގޭ
 
އެވާހަކަތައް ފެނުނީ ސިޓީއަކުން
 
ބަދަލު ހިފުމަށްދަނީ ތައްޔާރު ވަމުން

އެމެރިކާ ޚާއްސަ އަސްކަރީ ޓީމަކާއި ޕާކިސްތާނު ސިފައިން ގުޅިގެން 2011 ވަނަ އަހަރު މަރާލި އަލްގައިދާ ޖަމާއަތުގެ ކުރީގެ ލީޑަރު އުސާމާ ބިން ލާދިންގެ މަރުގެ ބަދަލު ހިފާނެ ކަމަށް އޭނާގެ ދަރިފުޅު ބުނެފިއެވެ.

 

މީގެ އަހަރުތަކެއް ކުރިން އެމެރިކާގެ "މޯސްޓް ވޯންޓެޑް ލިސްޓް" އެންމެކުރީގައި ހިމެނިފައިވާ ބިންލާދިން މަރާލާފައިވަނީ އޭނާ ހޯދުމަށް އެތައްދުވަހަކު މަސައްކަތްކުރުމަށްފަހު 2011 ވަނަ އަހަރުއެވެ.

 

އެމެރިކާގެ "ނޭވީ ސީލް"ގެ ޚާއްސަ ޓީމަކުން ހިންގި ވަރުގަދަ އޮޕަރޭޝަނެއްގައި ބިންލާދިން މަރާލާފައިވަނީ ޕާކިސްތާނުގެ ވެރިރަށް އިސްލާމް އާބާދާއި 150 ކިލޯ މީޓަރު ދުރުގައި، އަސްކަރީ ގިނަ މަރުކަޒުތަކެއް ހުންނަ އަބޮއްޓްއާބާދުގައެވެ.

 

އުސާމާ ބިންލާދިން މަރާލިނަމަވެސް އޭނާގެ ހަށިގަނޑު އެއްވެސް ބަޔަކަށް ދައްކާފައެއް ނުވެއެވެ.

 

އުސާމާގެ މަރާ ގުޅިގެން އޭނާގެ ދަރިފުޅު ހަމްޒާ ބިން ލާދިން ވަނީ އެކަމުގެ ބަދަލު ހިފުމަށް ވާންޖެހޭ ތައްޔަރީތައް ވާން ފަށާފައެވެ.

 

ދާދިފަހުން ސީބީއެސް ނިއުސް އިން ކުރީގެ އެފްބީއައިގެ ކުރީގެ އޭޖެންޓަކާއި ހަވާލާދީ ގެނެސްފައިވާ މައުލޫމާތެއްގައިވާ ގޮތުން، ހަމްޒާގެ ވާހަކަތައް އެނގިފައިވަނީ އޭނާ ބިންލާދިންއަށް ފޮނުވާފައި ސިޓީއަކުނެވެ.

 

އެޖެންޓް އަލީ ސޫފާންއާ ހަވާލާދީ ސީބީއެސް ނިއުސް ބުނާގޮތުގައި އެ ސިޓީ ފެނިފައިވަނީ ބިންލާދިން ދިރިއުޅުނުތަން ބަލާފާސްކުރުގެ ތެރޭގައެވެ.

 

ބިންލާދިން މަރާލެވުނު އިރު އޭނާގެ ދަރިފުޅު ހަމްޒާއަށް ވާނެކަމަށް ބެލެވެނީ އެކާވީސް ނުވަތަ ބާވީސް ވަރަކަށް އަހަރެވެ.

 

ހަމްޒާގެ ސިޓީގައި ދުޝްމަނުންގެ ކިބައިން ބަދަލުހިފުމަށް، ތައްޔާރުވަމުންދާކަމަށާއި އޭނާގެ ބައްޕަ އުސާމާ ބިން ލާދިންގެ ކޮންމެ ބަލާލުމަކާއި ކޮންމެ ނަސޭހަތަކީ ތައްޔާރުވުމަށް ލިބުނު އިރުޝާދެއް ކަމަށްވެއެވެ.

 

އުސާމާ ބިންލާދިން އަށްފަހު އަލްގައިދާގެ ލީޑަރަކަށް ހަމްޒާ ގެންނާނެ ކަމަށް ކުރިން ބެލެވުނެވެ. ނަމަވެސް އޭނާ އެ މަޤާމަށް ނުގެނައީ އުމުރުން މާ ހަނގުމުވުން ކަމަށް ކުރީގެ އެފްބީއައިގެ ކުރީގެ އޭޖެން ސޫފާން ދެކެއެވެ.

 

ސޫފާން އަކީ ބިންލާދިން ހޯދުމުގެ މަސައްކަތުގައި ބައިވެރިވެ، ވަރަށް ގިނަ މައުލޫމާތުތައް އެއް ކުރަމުންދިޔަ ފަރާތެކެވެ. އެގޮތުން ޕާކިސްތާނުގައި ބިންލާދިން ދިރިއުޅުނު ހިސާބު ހޯދުމުގައިވެސް އޭނާގެ ހިއްސާ ކޮންމެވެސް ވަރަކަށް ވެއެވެ.

 

ހަމްޒާ ފެންނަ ފޮޓޯތަކަކީ ވަރަށް ކުރީގެ ފޮޓޯތަކެއް ކަމަށްވުމުން މިހާރު އޭނާ ހުންނާނެ ގޮތް ދެނެގަތުމަށް އެފްބީއައި އަށާއި އެމރިކާގެ ޖާސޫސީ އިދާރާތަކަށް ވަނީ ގޮންޖެހުތައް ކުރިމަތިވެފައެވެ.

 

މިހާތަނަށް ހަމްޒާގެ ހަތަރު އޯޑިއޯ އާންމުވެފައިވެއެވެ. އެ އެއޯޑިއޯތައް އަމާޒްކޮށްފައިވަނީ އެމެރިކާއަށް އިންޒާރު ދިނުމަށެވެ.

 

"އަހަރެމެން ދިރިއުޅުމުގެ މަގުސަދަކީ ﷲގެ މަގުގައި ޖިހާދުކުރުން، އެމެރިކާގެ ރައްޔިތުން ސަމާލުވާތި،  އަހަރެމެން މި އަންނަނީ، ކަލޭމެނަށް އެކަން އެނގޭނެ" ހަމްޒާ ބުނެފައިވެއެވެ.

 

ހަމްޒާގެ ކުޑައިރުގެ ވީޑިއޯ މަންޒަރުތައް ހުއްޓަސް އޭގެފަހުން އޭނާގެ އެއްވެސް ވީޑިއޯއެއް އަދި ފޮޓޯއެއްވެސް އާންމުވެފައެއް ނުވެއެވެ. ކުރީގެ ފޮޓޯތަކާއި ވީޑިއޯތަކުގައި އޭނާގެ ބައްޕަ ބިންލާދިންހެން ހަތިޔާރާއެކު ހަމްޒާ ހުއްޓާ ފެނިފައިވެއެވެ.

 

ހަމްޒާއަކީ ބިންލާދިން އަލްޤައިދާގައި ހިންގި ހުރިހާ ހަރަކާތެއްގައިހެން ބައިވެރިކުރުވައި، އެކަމަށް ތަމްރީން ކުރުވާފައިވާ ދަރިއެކެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް