ބުރާސްފަތި 02 އޭޕުރިލް 2020
08 ރޭވަ
1441 ޝައުބާން 09
ފަތިސް 04:52
އިރުއަރާ 06:03
މެންދުރު 12:14
އަސްރު 15:13
މަޣްރިބް 18:16
އިޝާ 19:28
ދުނިޔެ - ނިއުކްލިއާ ޓެސްޓް

ނިއުކްލިއާ އާ ޓެސްޓް ކާމިޔާބު، ވޯހެޑް އުފުލޭނެ: އުތުރު ކޮރެއާ

  • މިއީ ދުރުރާސްތާ މިސައިލެއް ކަމަށް އުތުރު ކޮރެއާ އިން ބުނި ނަމަވެސް އެމެރިކާ އިން އެކަން ދޮގުކުރޭ
  • ރިޕޯޓްތައް ބުނާ ގޮތުން މި މިސައިލް 700 ކިލޯމީޓަރަށް ދަތުރުކުރި

އަލީ ޔޫސުފް
AliYooosuf

ކ. މާލެ 15 މެއި 2017 | ހޯމަ 14:06 1,413

މިސައިލެއް ހިފައިގެން ރޮކެޓެއް އުދުއްސާލަނީ - ރޮއިޓަރސް

ކޮރެއާ އިން އާދީއްތަ ދުވަހު ކުރި ނިއުކްލިއާ މިސައިލް ޓެސްޓް ވަރަށް ކާމިޔާބު ކަމަށާއި މިއީ ވޯހެޑް އުފުލުމުގެ ގާބިލްކަން ލިބިފައިވާ މިސައިލެއް ކަމަށް އެ ގައުމުން ބުނެފިއެވެ.

އެ ގައުމުގެ ރަސްމީ ނިއުސް އެޖެންސީ، ސެންޓްރަލް ނިއުސް އެޖެންސީން ބުނީ މިއީ އެ ގައުމާއި އަވަށްޓެރިންގެ ސަލާމަތަށްޓަކައި އެ ގައުމުން ކުރި ޓެސްޓެއް ކަމަށާއި ޓެސްޓްގެ ނަތީޖާ ވަރަށް ފުރިހަމަ ކަމަށެވެ. އަދި ބޭނުންވި އަމާޒަށް މިސައިލް ފޯރި ކަމަށް ވެސް ބުނެފައި ވެއެވެ. މި ރޮކެޓް ލޯންޗްކޮށްދެއްވީ އެ ގައުމުގެ ރައީސް ކިމް ޖޮންގް-އުން އެވެ.

މި ޓެސްޓްކުރި ކަމަށް އަވަށްޓެރި ދެކުނު ކޮރެއާގެ އަސްކަރިއްޔާ އިން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

ދެކުނު ކޮރެއާ އިން ބުނީ މި މިސައިލް 700 ކިލޯމީޓަރަށް ދަތުރުކުރި ކަމަށާއި ވެއްޓިފައި ވަނީ ޖަޕާނުގެ ކަނޑަށް ކަމަށެވެ. މިއީ ދުރުރާސްތާ މިސައިލެއް ކަމަށް އުތުރު ކޮރެއާ އިން ބުނި ނަމަވެސް މި މިސައިލަށް ފާރަލި އެމެރިކާގެ ޕެސިފިކް ކޮމާންޑުން ބުނީ މިއީ ސަރަހައްދީ މިސައިލެއް ކަމަށެވެ. އަނެއްކޮޅުން ރަޝިއާ އިން ވެސް ބުނެފައި ވަނީ މިސައިލް ދަތުރުކުރީ 23 މިނިޓު ކަމަށެވެ. އޭގެ ފަހުން ޖަޕާނު ކަނޑަށް ވެއްޓިފައިވާ ކަމަށެވެ.

އުތުރު ކޮރެއާ އިން ފުލުފުލުގައި ނިއުކްލިއާ ޓެސްޓްތަކެއް ކުރަމުންދާ އިރު އެމެރިކާ އާއި ކޮރެއާއާ ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކޮށްފައި ވެއެވެ. މީގެ ދުވަސްކޮޅެއް ކުރިން އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު ފައްތާލާނެ ކަމުގެ އިންޒާރު އުތުރު ކޮރެއާ އިން ދީފައި ވެއެވެ. މި އިންޒާރު ދީފައި ވަނިކޮށް މަނަވަރު ވަނީ ކޮރެއާ ޕެނިންސޫލާ ކައިރިއަށް ޖެހި ދެކުނު ކޮރެއާއާ އެކު އަސްކަރީ ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައެވެ.

އެމެރިކާ އިން ބުނެފައި ވަނީ އުތުރު ކޮރެއާ އިން ޓެސްޓްތައް ހުއްޓާނުލާހާ ހިނދަކު އެ ގައުމާ އެކު މަޝްވަރާއަށް ނުދާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް