ކ. މާލެ
|
21 ޖޫން 2021 | ހޯމަ 01:22
މޯލްޑިވް ގޭސް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޝަޒައިލް ސިޔާމް
މޯލްޑިވް ގޭސް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޝަޒައިލް ސިޔާމް
ޝަޒައިލްގެ ސަސްޕެންޝަން އުވާލުން
ދޮޅު އަހަރަށްފަހު ޝަޒައިލްގެ ސަސްޕެންޝަން ނިމުމަކަށް
 
ސަސްޕެންޝަން އުވާލައި އޭނާގެ ވަޒީފާ ވަނީ އަލުން ރުޖޫއަކޮށްފައި
 
ޖޫން މަހުގެ 20 ވަނަ ދުވަހު ޝަޒައިލްގެ ސަސްޕެންޝަން މިވަނީ އުވާލާފައި
 
ނުއަގުގައި ސަޕްލަޔަރެއްގެ އަތުން ގޭސް ގަންނަކަމުގެ މައްސަލަތަކެއް ހިމެނޭ

ކޮރަޕްޝަންގެ ތުހުމަތުތަކަކާއި ގުޅިގެން، މޯލްޑިވް ގޭހުގެ މެނޭޖިިންގ ޑިރެކްޓަރު ޝަޒައިލް ޝިޔާމް ސަސްޕެންޑްކޮށްފައި ހުންނަތާ ދޮޅު އަހަރަށްވުރެ ގިނަ ދުވަސްވީފަހުން އޭނާގެ ސަސްޕެންޝަން އުވާލައިފިއެވެ.

2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޝަޒައިލް ސަސްޕެންޑްކޮށްފައިވަނީ، ރައީސް އޮފީހުން ހުޅުވާލާފައިވާ "ޒީރޯ ޓޮލަރަންސް ޓު ދަ ކޮރަޕްޝަން" ޕޯޓަލްއަށް ލިބިފައިވާ ޝަކުވާތަކަކާއި ގުޅިގެންނެވެ. އޭރު ޝަޒައިލް ސަސްޕެންޑް ކޮށްފައިވަނީ، މޯލްޑިވް ގޭހުން ނުއަގުގައި ސަޕްލަޔަރެއްގެ އަތުން ގޭސް ގަންނަކަމުގެ މައްސަލަތަކެއް ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން ބަލަމުން ދަނިކޮށެވެ. އެ މައްސަލައޭސީސީއިން ވެސްވަނީ ބަލާފައެވެ.

ނަމަވެސް ޝަޒައިލް ވަނީ އެމްޑީގެ މަގާމުގައި ހުންނަވައިގެން ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި ނުއަގުގައި ގޭސް ގަތް މައްސަލަ ބަލަން ފެށުމުން، އެސްއޯއީ ކޮމިޓީއަށް ޝަޒައިލް ފޮނުއްވެވި ސިޓީއެއްގައި އޭރު ވަނީ އުސޫލާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ.

އެންމެ ފަހުން މިހިނގާ ޖޫން މަހުގެ 20 ވަނަ ދުވަހު ޝަޒައިލްގެ ސަސްޕެންޝަން މިވަނީ އުވާލާފައެވެ. އެކަމާ ގުޅޭގޮތުން މޯލްޑިވް ގޭހުން ބުނީ، ޝަޒައިލްގެ މައްޗަށް ކުރެވުނު ކޮރަޕްޝަންގެ ތުހުމަތުތައް އޭސީސީން ބެލިއިރު އެ މައްސަލާގައި ކޮރަޕްޝަންގެ އަމަލެއް ކޮށްފައިވާކަމަށް ސާބިތުވެފައި ނުވާ ކަމަށެވެ. އެއާއެކު ސަސްޕެންޝަން އުވާލައި އޭނާގެ ވަޒީފާ ވަނީ އަލުން ރުޖޫއަކޮށްފައެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ މޯލްޑިވްސް ރިފޯރމް މޫވްމަންޓް (އެމްއާރްއެމް) ގެ ސްލޮޓެއްގައި މޯލްޑިވް ގޭހުގެ އެމްޑީގެ މަގާމަށް ވަޑައިގެންނެވި ޝަޒައިލް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުގެ ފިޝަރީޒް މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރގެ މަގާމު ފުރުއްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
100%
0%
0%
ކޮމެންޓް
21 ޖޫން 2021 | ހޯމަ 06:15
ޒީރޯ ޓޮލެރެންސް
މުސާރަ ޔާ ަަ އިނާޔަތްތައް ވެސް ލިބޭނެ ދޯ