ކ. މާލެ
|
20 ޖޫން 2021 | އާދީއްތަ 16:53
ކޮވިޑް-19 ގެ ބަލީގައި ރާއްޖެއިން ނިޔާވި އެންމެ ހަގު ކުއްޖާ ފާތުމަތު މިޝްކާ މުހައްމަދު
ކޮވިޑް-19 ގެ ބަލީގައި ރާއްޖެއިން ނިޔާވި އެންމެ ހަގު ކުއްޖާ ފާތުމަތު މިޝްކާ މުހައްމަދު
އާއިލާ
މިޝްކާގެ މަރުގެ ތަފްސީލީ ރިޕޯޓް އާންމުކުރުން
މިޝްކާގެ މަރުގެ މައްސަލަ: ވެފައިވާ އިހުމާލުތަކަށް އެއްބަސްވެ ފިޔަވަޅު އަޅާނެކަން ހާމަކޮށްފި
 
އޯބީ ސިސްޓަމް ހުރެމެ އެ ސިސްޓަމް ފިޔަވާ އެހެން ތަންތަނަށް މަޢުލޫމާތު އެޅުމުން އެއްތަނަކުން މަޢުލޫމާތު ފެންނާކަށް ނެތް
 
ކޯލް ސެންޓަރުން ސައްޙަ މަޢުލޫމާތު ނުލިބި މަޢުލޫމާތު ދިނުމާއި، ކްލަސްޓަރތަކަށް މައްސަލަ ހިއްސާކުރުމުގައި މައްސަލަ ފެނިފައިވޭ
 
އެޗްއީއޯސީގެ އެސްއޯޕީތައް ފެއިލްވުމަކީ ފަރުވާ ލަސްވާން ދިމާވި ސަބަބެއްކަމަށް ބުނެފައިވޭ

ފަރުވާ ލަސްވެގެން ނިޔާވި 10 އަހަރުގެ މިޝްކާ މުހައްމަދުގެ މަރާ ގުޅިގެން ސިއްހީ ނިޒާމުގެ ގިނަ އިހުމާލުތަކަކަށް އެއްބަސްވެ ފިޔަވަޅު އަޅާނެކަން ހާމަކޮށްފިއެވެ.

މިކަން ހެލްތް މިނިސްޓްރީއިން ހާމަކޮށްފައިވަނީ މިޝްކާގެ މަރުގެ މައްސަލަ ތަހުޤީޤުކުރުމަށްފަހު ނެރުނު ތަފްސީލީ ރިޕޯޓުގައެވެ. މީގެ ކުރިން އެ މިނިސްޓްރީއިން ނެރުނު ރިވިއު ރިޕޯޓާއި ޚިލާފަށް މި ރިޕޯޓްގައި މިނިސްޓްރީއިން ވަނީ އިހުމާލުވި ހިސާބާއި، ޒިންމާވާ ފަރާތްތައް ތަފުސީލުކޮށްދީފައެވެ.

މިހާދިސާގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު ފާހަގަ ކުރެވޭ ނުކުތާކުގެ ގޮތުގައި ހެލްތް މނިސްޓްރީއިން ފާހަގަކޮށްފައިވަނީ މިޝްކާގެ އާއިލާއަށް  އެޗް.އީ.އޯ.ސީއިން ދޭންޖެހޭ ފަރުވާ ފޯރުކޮށް ދިނުމުގެ ހުރިހާ މަރުހަލާއެއްގައި އެކަށީގެން ނުވާވަރުގެ ލަސްތަކެއްވެފައި ވާކަމާއި، ޑީ.އެމް.އާރް.ޓީއިން އޮންލައިން ކޮންސަލްޓޭޝަން ހެދުމުގައި ބެއްލެވި ޑޮކްޓަރުންވެސް އެފަރާތުގެ ޙާލަތު އެންމެ ރަނގަޅަށް ދެނެގަނެވިފައި ނުވާކަމެވެ. އަދި ކުއްޖާގެ ބެލެނިވެރިޔާއާއި ޑީ.އެމް.އާރް.ޓީގެ ޑޮކްޓަރާ ދެމެދު ކުރެވުނު މުޢާމަލާތުގެ އަލީގައި، އެކުއްޖާ ބަލާ ދާނެކަމަށް ޤަބޫލް ކުރެވިފައިވާކަން ކުއްޖާގެ ބައްޕަ ކޯލް ސެންޓަރުގެ އެޖެންޓުންނާ ކޮށްފައިވާ ކޯލްތަކުގެ ލޮގްތަކުން ދޭހަވާކަމަށް ވަނީ ބުނެފައެވެ.

އަދި މީގެ އިތުރުން ކޯލް ސެންޓަރުން އެފަރާތުގެ އާއިލާއާ ކޮށްފައިވާ މުޢާމަލާތްތަ ޢާމަލާތްތަކުން ތަކުރާރުކޮށް ކުއްޖާ ބަލާ ފޮނުވާކަމަށް ދޭހަވާ އިބާރާތުން މުޢާމަލާތް ކޮށްފައިވާ ކަންވެސް ވަނީ ފާހަގަ ކޮށްފައެވެ. ނަމަވެސް މިގޮތައް މުއާމަލާތުކުރުމުން ވެސް ރޭގަނޑު 11:32 (އީ.އެމް.އެސްއަށް ކޯލްކުރި ގަޑި) އާ ހަމައަށް އެއްވެސް ފަރާތަކުން ކުއްޖާ ބަލާ ދިއުމަށް އެންބިއުލަންސް ޓްރިގަރކޮށްފައެއް ނުވާކަންވެސް ވަނީ ފާހަގަކޮށްފައެވެ. މިއާއެކު އެޗްއީ.އޯ.ސީގެ ކޯލް ސެންޓަރއިން ކޯލްތަކަށް ޖަވާބު ދެއްވި ފަރާތްތަކުން ކުއްޖާގެ ހާލަތުގެ ސީރިއަސްކަމާއި ހާލަތަށް އައި ބަދަލު ދެނެގަނެވިފައި ނެތްކަމާއި އަދި އެ މައުލޫމާތު ފުރިހަމައަށް ލޮގްކޮށް ހުރިހާ ކޯލްތައް ހިއްސާ ކުރަން ހަމަޖެހިފައިވާ ގޮތަށް ހިއްސާކޮށްފައެއް ނުވާކަމަށް ވަނީ ބުނެފައެވެ.

މި ހާދިސާގައި އެޓެންޑް ވާންޖެހޭ ފަރާތްތަކުން ފަރުވާތެރިކަމާއެކު އެކަށީގެންވާ ވަގުތުގެ ތެރޭގައި އެޓެންޑްވެފައި ވާނަމަ މިހާދިސާ ހިނގުމަކީ ނާދިރު ކަމެއްކަމަށް ވަނީ ބުނެފައެވެ. އެހެންކަމުން މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް ރިވިއުއިން ފާހަގަ ކޮށްފައިވާ ކަންކަން އިސްލާހު ކުރުމުގެ މަސައްކަތްވަނީ ފަށާފައިވާކަމަށް ވަނީ ބުނެފައެވެ.  އަދި މިނިސްޓްރީއާއި އެޗްއީއޯސީއިން ވެފައިވާ އިހުމާލުތަކަށް އެއްބަސްވެ ފިޔަވަޅު އަޅާނެކަމަށް ވަނީ ބުނެފައެވެ. މިކަމުގެ އިތުރު ތަފުސީލެއް ހިމަނާފައެއް ނުވެއެވެ.

މީގެ އިތުރުން ރިވިއު ރިޕޯޓާއި ޚިލާފަށް މި ރިޕޯޓްގައި އެޗްއީއޯސީގައި ހުރި ފެއިލިޔާތައްވެސް ވަނީ ތަފްސީލުކޮށްދީފައެވެ. އެކަށީގެންވާ ވަގުތުގައި ފިޔަވަޅު ނޭޅުނީ އެޗްއީއޯސީގެ ޕްރޮސެސް ފްލޯތަކާއި، އެސްއޯޕީތަކުގައި މައްސަލަ ހުރުމުންކަމަށް ވަނީ އެއްބަސްވެފައެވެ. އެޗް.އީ.އޯސީގައި ކޮވިޑް 19 ބަލީގެ މައުލޫމާތު ބެލެހެއްޓުމަށް ބޭނުންކުރާ ސޮފްޓްވެއަރ "އައުޓް ބްރޭކް (އޯ.ބީ) ސިސްޓަމް" ކަމުގައި ވީނަމަވެސް މި ސިސްޓަމްގެ ބަދަލުގައި އެހެނިހެން ސިސްޓަމްތައް ބޭނުންކުރުމުން އެއް ސިސްޓަމަކުން ހުރިހާ މަޢުލޫމާތެއް ލިބެންނެތްކަމަށްވެސް ވަނީ އެއްބަސްވެފައެވެ.

މައްސަލަތަކުގައި އެންމެ ފުރަތަމަ މުޢާމަލާތުކުރާ އަދި މެދުވެރިއަކަށްވާ ކޯލްސެންޓަރ އަށް އަންނަ ފޯނުތަކަށް ޞައްޙަ މައުލޫމާތު ނެތި ޖަވާބުދާރިވެ އިމަޖެންސީ ނަންބަރުތައް ހުރެމެ މި ވަސީލަތްތައް ބޭނުންނުކުރާކަމަށް ވަނީ ބުނެފައެވެ. އަދި ހަމަމިއާއެކު ކޯލްސެޓްރުން އެހެން ކްލަސްޓަރތަކަށް ފުރިހަމަޔަށް ފޯރުކޮށްނުދެވޭކަމަށްވެސް އެބްސްވެފައިވެއެވެ. މީގެ އިތުރުން މުޢާމަލާތުކޮށް އެންމެނަށް އެއްފަހަރާ މަޢުލޫމާތުދެވޭނެ ނިޒާމުތައް މިއަދާއިހަމައަށް ވެސް އެކްޓިވޭޓްނުކޮށްވާއިރު، އެޗް.އީ.އޯސީގައި މެޖޯރިޓީ މަސައްކަތްތެރިންކަމަށްވާ ދަރުމަވެރިންނަށް އެކަށީގެންވާ ވަރަށް މަސައްކަތަށް އަހުލުވެރި ކުރެވިފައި ނެތްކަމަށްވެސް މި ރިޕޯޓްގައި ވަނީ އެއްބަސްވެފައެވެ.

އެހެންނަމަވެސް މި ރިޕޯޓްގައި އެމްބިއުލަންސްއައުމަށްފަހު ފަރުވާ ހޯދަން އައިޖީމްއެޗަށް ގެންދެންދެން ކަންތައް ވީގޮތުގެ އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެއެވެ. މި މަރުޙަލާގައިވެސް އިހުމާލުތަކެއް ހުރިކަމަށް މިޝްކާގެ އާއިލާއިން މީގެ ކުރިން ވަނީ ބުނެފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
100%
0%
0%
0%
0%
ކޮމެންޓް