ކ. މާލެ
|
20 ޖޫން 2021 | އާދީއްތަ 17:15
ގިނަ ދިވެހިން މިހާރު ދަނީ މިއެޕް ބޭނުން ކުރަމުން
ގިނަ ދިވެހިން މިހާރު ދަނީ މިއެޕް ބޭނުން ކުރަމުން
thenewsminute.com
ކްލަބް ހައުސް
"ކްލަބްހައުސް"އަށް ވަނަސް ޕްރައިވެސީއަށް ސަމާލުވައްޗޭ!
 
މިއެޕް މެދުވެރިކޮށް ގިނަބައެއްގެ ޚިޔާލާއި މަޝްވަރާ ހޯދޭ
 
މިފަދަ އެޕެއް ހެދުމަށް ސަޢޫދީން ދަނީ ވިސްނަމުން
 
މިހާތަނަށް 12 ގައުމަކުން މިއެޕް ބްލޮކް ކޮށްފައިވޭ

ދިވެހިންނަކީ ސޯޝަލް މީޑިއާއަށް ފަރިތަ ބައެކެވެ. ފަހުގެ އެޕްލިކޭޝަންތައް ތަޖުރިބާ ކުރާ ބައެކެވެ. އެގޮތުން މިފަހަކުން ވައިގައި ހިފައިގެން އުޅޭ އެޕްލިކޭޝަނަކީ ހުނަރު ދައްކާލުމަށް ލިބުނު އެއް ޕްލެޓްފޯމްކަމަށް ގިނަ ބަޔަކު ސިފަ ކުރަމުންދާ ޓިކްޓޮކެވެ. ނަމަވެސް މިހާރު ވައިގައިހިފާފައި މިވަނީ ''ކްލަބްހައުސް''އެވެ. މިހާރު ގިނަ ދިވެހިން ދަނީ މި "ހައުސް"އަށް ވަދެ ގިނަ މަޝްވަރާތައް ކުރަމުންނެވެ.

ކްލަބްހައުސް އެޕްއަކީ އެމެރިކާ މީހަކާއި އިނގިރޭސިވިލާތަށް ނިސްބަވްތާ މީހަކު ވެގެން އެމެރިކާގައި ތައާރަފް ކުރި އެޕެކެވެ. އަހަރެއްގެ ތެރޭގައި ބޮޑު މަގުބޫލު ކަމެއް މިއެޕަށް ލިބިގެން ގޮސްފައިވާއިރު، ދެމިލިއަނަށްވުރެ ގިނަ މީހުން ބޭނުން ކުރެއެވެ. އަލްފާ އެކްސްޕްލޮރޭޝަން ކޯ ކުންފުނިން ހިންގަމުންދާ މިއެޕަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ އިތުބާރާއި މަގުބޫލުކަން ލިބިގެން ދިޔަ އެޕެއް ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

ކްލަބްހައުސްގައި އެކި ގުރޫޕްތައް ހަދައިގެން އޯޑިއޯ ފޮނުވެއެވެ. ތަފާތު އެކި ލަވަތައް އަޑުއެހެވެ. ބޮޑެތި މަޝްވަރާތައް މިއެޕް މެދުވެރިކޮށް ކުރެވޭއިރު، ބޮޑު ޖަލްސާއެއްގައި އޯޑިއަންސަށް ސްޕީޗެއް ދެވޭކަހަލަ އިހުސާސެއް ގެނެސްދެއެވެ. ކޮވިޑް-19 އާލަމީ ވަބާގެ މިހާލަތުގައި ގޭގައި ތިބެގެން މަސައްކަތް ކުރަން ޖެހޭއިރު، މިއެޕްގެ ބޭނުން ވަރަށް ބޮޑަށް ޖެހޭނެއެވެ. އަބަދުވެސް ބަލިން ރައްކާތެރިވުމަށް ގޭގައި ތިބުމަށް އިލްތިމާސްކުރަމުންދާ ދަނޑިވަޅެއްގައި ފޫހި ފިލުވުމަށާއި، އާއިލާގެ ގުޅުން ބަދަހި ކުރުމަށް ވެސް މިއެޕް ބޭނުންތެރިއެވެ. ރަނގަޅު ގޮތުގައި އެޕްގެ ބޭނުން ހިފާނަމަ ގެއްލުމެއްނެތެވެ.

ނަމަވެސް މިއެޕް ބޭނުން ކުރުމުގައި ދިވެހިންވެސް ސަމާލުވާން އެބަޖެއެވެ. އެއީ އެޕްގެ ޕްރައިވަސީގެ މައްސަލަތަކެއް ހުރުމާއެކު މިހާތަނަށް 12 ގައުމަކުން މިއެޕް ބޭނުން ނުކުރެވޭ ގޮތަށް މިހާރު ވަނީ ބްލޮކް ކޮށްފައެވެ. މީގެ ތެރޭގައި ޗައިނާ، އޮމާން، އަދި ޖޯޑަން ފަދަ ގައުމުތައް ހިމެނެއެވެ. މިހާރު ފްރާންސްގައި ވެސް މިމައްސަލަ ސަމާލުކަމަށް އައުމާއެކު ކަމާ ބެހޭ ފަރާތްތަކުން މިމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބޭރުގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ. މިއާ ޚިލާފަށް މިއެޕްގެ މަގުބޫލުވުމާއެކު މިފަދަ އިތުރު އެޕެއް އުފެއްދުމަށް ސަޢޫދީން ދަނީ ވިސްނަމުންނެވެ.

މީގެ އިތުރުން ވާދަވެރި ޕްލެޓްފޯމެއްގައި މިއެޕް ވަކި ހިއްޕާލާފައިވާތީ ޕްރައިވަސީއާ މެދު ސުވާލު އުފައްދަނީ ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެއެވެ. އެހެންކަމުން މިކަން ވެސް ވަނީ ބޮޑު ބަހުސަކަށްވެފައެވެ.

މިއެޕް ބޭނުންކުރަމުންދާ މީހުން ބުނެފައިވަނީ ބައެއް ހާލަތުގައި ދިރިއުޅެން ޖެހޭ ގޮތުން ޓައިޕް ކުރުމަކީ އުދަނގޫ ކަމެއް ކަމަށާއި، އޯޑިއޯ މެސެޖެއް ފޮނުވުން ވަރަށް ފަސޭހަ ކަމަށެވެ. އަދި ކްލަބްހައުސްއަށް ވަދެ ބޮޑެތި މަޝްވަރާތައް ކުރެވުމަކީ ގިނަ މައްސަލަތަކަށް ހައްލު ލިބި ގިނަ ހިޔާލުތަކެއް ލިބިގެންދާ ކަމެއް ކަމަށެވެ.

މިއީ ދިވެހިންގެ މެދުގައި ވެސް މިއެޕް މަގުބޫލުވެގެން ދިޔަ ސަބަބެއް ކަމަށް ވެދާނެއެވެ. ނަމަވެސް ޕްރައިވެސީގެ މައްސަލަތައް ދިމާވެފައިވާއިރު، މިއެޕް ބޭނުން ކުރުމުގައި ދިވެހިން ސަމާލުވުމަކީ ބުއްދިވެރި ގޮތެކެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
100%
0%
0%
0%
0%
0%
ކޮމެންޓް