ކ. މާލެ
|
20 ޖޫން 2021 | އާދީއްތަ 14:05
ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ
ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ
ޕީޖީ އޮފީސް
ރައީސް ނަޝީދަށް އަމާޒުކޮށްދިން ހަމަލާ
ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ޖުލައި މަހު ނިމޭނެ - ޕީޖީ
 
ތަހުގީގު ކުރިއަށްދާ ސްޕީޑާމެދު ހިތްހަމަ ޖެހޭ
 
މި ބާވަތުގެ މައްސަލަތަކަކީ އަވަސް ކޮށްގެން ވެސް ނުވަތަ މާ ލަސްކުރުމުން ވެސް ގެއްލުންވާ ބާވަތުގެ މައްސަލަތައް
 
އޮގަސްޓް މަހުގެ 5 ވަނަ ދުވަހަށް ދައުވާ ކުރެވޭނެ

ރައީސް ނަޝީދަށް އަމާޒުކޮށްދިން ހަމަލާގެ ތަހުގީގު ޖުލައި މަހު ނިމޭނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ ވިދާޅުވީ މި ހަމަލާއަކީ ރާއްޖޭގައި މިހާތަނަށް ދެވުނު އެންމެ ނުރައްކާތެރި ހަމަލާކަމަށާއި، ތަހުގީގު ވެސް ހިންގަނީ، އެހާ އިސްކަންދީގެން ކަމަށެވެ. ތަހުގީގު ޓީމާއެކު ޕީޖީ އޮފީހުގެ ޕްރޮސެކިއުޓަރެއް ހަރަކާތްތެރިވާ ކަމަށާއި، މި މައްސަލައިގެ ތަޙްޤީގު ކުރިއަށްދާ ގޮތާ މެދު ހިތްހަމަޖެހި ވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.

ޕީޖީ ޝަމީމް ވިދާޅުވީ ރައީސް ނަޝީދު އަވަހާރަކޮށްލެއްވުމަށް ދިން ހަމަލާއާ ގުޅިގެން ކުރިއަށްދާ ތަހުގީގު ބާރު ސްޕީޑެއްގައި ކުރިއަށްދާކަމަށެވެ. އަދި އެ ހަދިސާ ތަހުގީގުކުރުމަށްޓަކައި ފުލުހުންނާއި ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހާއި ބޭރުގެ ތަޖުރިބާކާރުން ގުޅިގެން މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.

ޝަމީމް ވިދާޅުވީ، ކޮންމެ ހަފްތާއަކު ވެސް މައްސަލައިގެ ތަހުގީގު ދިޔަ ހިސާބުގެ ބްރީފިންގއެއް ތަހުގީގު ޓީމުން ހިއްސާ ކުރައްވާ ކަމަށެވެ.

މި ބާވަތުގެ މައްސަލަތަކަކީ ތަޙްޤީގުކުރަން އުނދަގޫ މައްސަލަތަކެއްކަން ފާހަގަކުރައްވާ ޝަމީމް ވިދާޅުވީ މައްސަލައިގެ ތަހުގީގު އަވަސްކުރުމުން ވެސް ނުވަތަ މާ ލަސްކުރުމުން ވެސް ގެއްލުންތަކެއް ކުރިމަތިވާނެކަމަށެވެ. މިގޮތުން އަވަސް ކޮށްލައިފިނަމަ ހާދިސާ ހިންގުމުގައި ބައިވެރިވާ ފަރާތްތައް ނުހޯދިދާނެކަމަށާއި، ލަސްކޮށްފިނަމަ ހެކި ނައްތާލުމަށް ވެސް މަސައްކަތް ކޮށްފާނެކަމަށެވެ.

ޝަމީމް ވިދާޅުވީ މި މައްސަލައިގެ ތަހްޤީގު ޖުލައި މަހު ނިމި އޯގަސްޓް މަހުގެ 5 ވަނަ ދުވަހުގެ ކުރިން މައްސަލަ ކޯޓަށް ހުށަހެޅޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި އެއަށްވުރެ އަވަހަށް ވެސް މައްސަލަ ކޯޓަށް ހުށަހެޅުމަށް މަސައްކަތް ކުރައްވަމުން ގެންދަވާނެކަމަށް ޝަމީމް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް