ކ. މާލެ
|
20 ޖޫން 2021 | އާދީއްތަ 14:25
ގުދަނުގެ ތެރެއިން ފެނުނު ހަރުފަ
ގުދަނުގެ ތެރެއިން ފެނުނު ހަރުފަ
ސޯޝަލް މީޑިއާ
ބޮޑު ހަރުފައެއް ފެނުން
މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
 
ސިފައިން ދިޔައިރު އެ ހަރުފަ އޮތީ ސީލިންގު މަތީގައި
 
މިކަމުގެ ރިޕޯޓު ލިބުނީ އާދިއްތަ ދުވަހުގެ ހެނދުނު 11:00 ހާއިރު

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ މާފަނުންގައި ހުރި ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިފައިވާ ކަމަށާއި، މިކަމުގެ ރިޕޯޓު ލިބުނީ އާދިއްތަ ދުވަހުގެ ހެނދުނު 11:00 ހާއިރު ކަަމަށެވެ.

އޮފިސަރު ވިދާޅުވީ އެކަން އެމްއެންޑީއެފަށް އެންގުމުން ސިފައިން އެތަނަށް ގޮސް ހަރުފަ ގެންގޮސްފައިވާ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ސިފައިން ދިޔައިރު އެ ހަރުފަ އޮތީ ސީލިންގު މަތީގައެވެ.

މިހަރުފައިގެ ފޮޓޯތަކާއި ވީޑިއޯތައް އާއްމުވެފައިވާއިރު، މިއީ ބާމީސް ޕައިތަންގެ ހަރުފައެއް ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ. މިހަރުފައަކީ އާންމު ގޮތެއްގައި 16 ފޫޓަށް ދިގުވެ ފަލަވާ ހަރުފައެކެވެ.

ނަމަވެސް މިއީ ކޮން ބާވަތެއްގެ ހަރުފައެއް ކަމާއި އިތުރު ތަފްސީލެއް އެމްއެންޑީއެފުން އަދި ހާމަކޮށްފައިނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
70%
11%
9%
5%
2%
4%
ކޮމެންޓް