ކ. މާލެ
|
14 މެއި 2017 | އާދީއްތަ 19:25
އާ ރައީސް މެކްރޮން
އާ ރައީސް މެކްރޮން
ގެޓީ އިމޭޖަސް
ފްރާންސްގެ ރައީސް މެކްރޮން
ފްރާންސްގެ އާ ރައީސް މެކްރޮން ވެރިކަމާ ހަވާލުވެވަޑައިގެންފި
 
ފްރާންސްގެ އާ ބޮޑުވަޒީރު ހޯމަ ދުވަހު މެކްރޮން އިއުލާން ކުރައްވާނެ ކަމަށް ބެލެވޭ

މެއި ހަތް ވަަނަ ދުވަހު ފްރާންސްގައި ބޭއްވުނު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި މެދުމިނުގެ ސިޔާސަތަށް ތާއީދުކުރައްވާ އެމެނުއެލް މެކްރޮން އާދީއްތަ ދުވަހު ރައީސް ކަމާ ހަވާލުވެވަޑައިގެންފިއެވެ.

ފްރަންސުއާ އޮލަންޑޭއަށް ފަހު ވެރިކަމާ މެކްރޮން ހަވާލުވެވަޑައިގެންނެވިއިރު އިގްތިސާދީ ގޮތުން ފްރާންސް "އާރަސްތުކުރުމުގެ" ބޮޑު މަސަައްކަތް މެކްރޮން އަށް ވަނީ ކުރައްވަން ޖެހިވަޑައިގެންފައެވެ.

ރައީސްގެ ރަސްމީ ގެކޮޅު ކަމަށްވާ އެލިސީ ޕެލެސް ގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މެކްރޮން ވެރިކަމާ ހަވާލުވެވަޑައިގެންފައި ވާއިރު، އެމަނިކުފާނު ވެވަޑައިގެންފައި ވަނީ ފްރާންސްގެ އެންމެ ޒުވާން ރައީސަށެވެ.

ވެރިކަމާއި ހަވާލުވެވަޑައިގެން މެކްރޮން ދެއްކެވި ވާހަކަފުޅުގައި މެކްރޮން ވިދާޅުވީ، ފްރާންސް ބާރުގަދަ ވެގެން ދާނީ މުއްސަނދި ގައުމެއްގެ ގޮތުގައި އޮވެއްޖެ ކަމަށެވެެ. އަދި ދުނިޔެއިން ފްރާންސް މޮޑެލްއެއްގެ ގޮތުގައި ބަލައިގަންނާނީ ފްރާންސްއަކީ "މިސާލެއްގެ ގޮތުގައި" އޮވެއްްޖެ ކަމަށެވެ.

އިންވެސްޓްމެންޓް ބޭންކް ހިންގެވުމުގައި ކުރިން އުޅުއްވާފައިވާ އުމުރުފުޅުން 39 އަހަރުގެ މެކްރޮންއަކީ ކުރިން އިކޮނޮމިކް މިނިސްޓަރުކަންވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އެ މަނިކުފާނު ވެގެންދާނީ ނަޕޯލިއަންއަށްފަހު އެގައުމުގައި ވެރިކަންކުރައްވާ އެންމެ ޒުވާން ރައީސަށެވެ. މެކްރޮން އިންތިޚާބު ކާމިޔާބު ކުރެއްވުމަކީ ޔޫރަޕްގެ ލީޑަރުންނަށް ފިނިކަމެއް ލިބިވަޑައިގެންނެވި ކަމަކަށް ވެގެންދާނެއެވެ.

ސިޔާސީ ދާއިރާގައި ތަޖުރިބާކާރު މެރިން ލެ ޕެން އާ ވާދަކުރައްވާ މެކްރޮން އިންތިޚާބުގެ 65 އިން ސައްތަ ހޯއްދަވައިގެންނެވެ.

މެކްރޮން ފުރަތަމަ ސިޔާސީ ބޮޑު މަގާމަކަށް އައްޔަން ކުރެވިގެން ދިޔައީ 2014 ވަނަ އަހަރުއެވެ. އެ އަހަރުން ފެށިގެން އޯގަސްޓް 2016 އާ ހަމައަށް މިނިސްޓަރު އޮފް އިކޮނޮމީ އެންޑް ޑިޖިޓަލް އެފެއަރޒްގެ މަގާމު ފުރުއްވާފައި ވެއެވެ. މަގާމުން އިސްތިއުފާ ދެއްވީ 2017އިގެ ރިޔާސީ އިންތިޚާބަށް ނުކުމެ ވަޑައިގަތުމަށެވެ. ނަމަވެސް އިންތިޚާބުގައި ވާދަ ކުރައްވާނެކަން އިއުލާނު ކުރެއްވީ 2016 ވަނަ އަހަރުގެ ނޮވެމްބަރުގައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް