ކ. މާލެ
|
14 ޖޫން 2021 | ހޯމަ 10:02
ފުލުހުން ލޮކްޑައުން ތެރޭގައި ހަރަކާތްތެރި ވަނީ
ފުލުހުން ލޮކްޑައުން ތެރޭގައި ހަރަކާތްތެރި ވަނީ
ރާއްޖެއެމްވީ
ކޮވިޑް ފިޔަވަޅުތަކަށް ލުއިދިނުން
ފިޔަވަޅުތަކަށް ދޭނެ ލުއިތައް ހަވީރު އިއުލާން ކުރަނީ
 
މަބްރޫކް ވިދާޅުވީ ލުއި ދިނުމާ ބެހޭގޮތުން ޕޮލިސީ ލެވެލްގައި މިހާރު މަޝްވަރާތައް ކުރެވެމުންދާ ކަމަށް
 
އެންމެ ބޮޑެތި ލުއިތައް ދެވުނު އިރު ބަލިމަޑުކަމުގެ ހާލަތު އޮތް މިންވަރަށް ރާއްޖޭގެ ހާލަތު އަދި ރުޖޫއައެއް ނުވޭ
 
ސަރުކާރުން އެޅި ހަރުކަށި ފިޔަވަޅުތަކަށްފަހު ކޭސްތައް މިހާރު ވަނީ މަދުވާން ފަށާފައި

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ލުއި ދިނުމާ ބެހޭ މަޝްވަރާތައް ކުރެވެމުން ދާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ކޮވިޑް ބަލިމަޑުކަން ހަލުވި ކަމާއެކު ފެތުރެން ފެށުމާއެކު ކާފިއު ވަގުތު ވަނީ ހަވީރު 4:00ން ފެށިގެން ހެނދުނު 8:00އާ ހަމައަށް އިތުރުކޮށްފައެވެ. އަދި ކާފިއު ނޫން ވަގުތުތަކުގައި ވެސް ޚާއްސަ ހުއްދައަކާ އެކުގައި ނޫނީ ބޭރަށް ނުކުތުމަކީ މަނާކަމެއް ކަމަށް ވަނީ ކަނޑައަޅާފައެވެ.

ފިޔަވަޅުތަކަށް ލުއި ދިނުމާ ގުޅޭ ގޮތުން 'ރާއްޖެއެމްވީ' އަށް މަބްރޫކް ވިދާޅުވީ، ލުއި ދިނުމާ ބެހޭގޮތުން ޕޮލިސީ ލެވެލްގައި މިހާރު މަޝްވަރާތައް ކުރެވެމުން ދާ ކަމަށެވެ. އެކަމަކު ދޭނެ ފިޔަވަޅުތަކެއް އަދި ކަނޑައެޅިފައި ނުވާކަމަށާއި، އެ މައުލޫމާތު، ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން (އެޗްއީއޯސީ)ގެ ފަރާތުން ހަވީރު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި އިއުލާނު ކުރާނެ ކަމަށެވެ.

ފިޔަވަޅުތަކަށް ދެވޭނެ ލުއިތަކާބެހޭ މަޝްވަރާތައް ކުރިއަށް ދާކަމަށް އާދީއްތަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް މަބްރޫކް ވިދާޅުވެފައި ވެއެވެ. އަދި އެޗްއީއޯސީ ގެ ވިސްނުމަކީ ރައްކާތެރިކަމާއެކު ދޫ ދެވެން އޮތް އެންމެ ބޮޑަކަށް ދޫ ދެމުން ދިޔުން ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެކަމަކު ދެވޭނީ ކޮން ލުއިތަކެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

މަބްރޫކް ވިދާޅުވީ އެންމެ ބޮޑެތި ލުއިތަށް ދެވުނު އިރު، ބަލިމަޑުކަމުގެ ހާލަތު އޮތް މިންވަރަށް ރާއްޖޭގެ ހާލަތު ރަނގަޅު ވެފައި ވާކަމަށް ސިއްހީ މާހިރުން އަދި ގަބޫލު ނުކުރައްވާ ކަމަށެވެ. އެހެންކަމުން ލުއިތައް ވެގެންދާނީ ހާލަތަށް ރިއާޔަތް ކުރުމާއެކު ދެވިގެންދާ ލުއިތަކަކަށް ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު އެންމެ ގޯސްވާން ފަށާފައިވަނީ މި ދިޔަ މެއިމަހުގެ ތެރޭގައެވެ. އެއާއެކު ސަރުކާރުން އެޅި ހަރުކަށި ފިޔަވަޅުތަކަށްފަހު ކޭސްތައް މިހާރު ވަނީ މަދުވާން ފަށާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
38%
38%
25%
0%
0%
0%
ކޮމެންޓް