ކ. މާލެ
|
14 މެއި 2017 | އާދީއްތަ 15:28
ސްޓެލްކޯގައި ބޭއްވި ޖަލްސާއެއްގައި ރައީސް އަބްދުﷲ ޔާމީން ވާހަކަ ދައްކަވަނީ
ސްޓެލްކޯގައި ބޭއްވި ޖަލްސާއެއްގައި ރައީސް އަބްދުﷲ ޔާމީން ވާހަކަ ދައްކަވަނީ
ރައީސް އޮފީސް
ކައުންސިލް އިންތިހާބު
އިންތިހާބު ނިމުނުތާ ހަފުތާއެއް ވީއިރުވެސް ރައީސްގެ ބަސްފުޅެއް ނެތް!
 
މުނާސަބަތު ވަގުތަކީ ނަތީޖާ އިއުލާނު ކުރުމުން ކަމަށް ވެސް މުއާޒު ވިދާޅުވި
 
ރައީސް ބަސްފުޅެއް ވިދާޅުވާން މުނާސަބަތު ވަގުތި ނުޖެހޭ ކަމަށް ތަރުޖަމާނު ވިދާޅުވި
 
އިންތިހާބުގައި ސަރުކާރު ވަނީ ވަރަށް ބޮޑަށް ބަލިވެފައި

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވިތާ ހަފުތާއެއް ވެގެން ދިޔައިރު ވެސް، އިންތިހާބާބެހޭ ގޮތުން ރައީސް އަބްދުﷲ ޔާމީންގެ ބަސްފުޅެއް ވިދާޅެއް ނުވެ އެވެ.

މިކަމާ ގުޅޭ ގޮތުން، ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވިދާޅުވީ، "އިންތިހާބާ ބެހޭ ގޮތުން އެ މަނިކުފާނު [ރައީސް ޔާމީން] ބަސް ފުޅެއް ހާމަކުރައްވަން އޮތްނަމަ، އެކަމަށް އެންމެ މުނާސަބަތު ވަގުތެއްގައި ހާމަ ކުރައްވާނެ،" ކަމަށެވެ.

އެކިއެކި ކަންކަމާ ގުޅޭ ގޮތުން ރައީސް ޔާމީން ބަސްފުޅު ވިދާޅުވަނީ، މުއާޒު ވިދާޅުވި ގޮތުގައި، އާންމު ގޮތެއްގައި ޖަލްސާތަކުގައި ކަމަށާއި، އިންތިހާބަށް ފަހު، އެފަދަ ޖަލްސާއެއް އަދި ބާއްވާފައި ނެތް ކަމަށެވެ. އަދި އިންތިހާބުގެ ނަތީޖާ ވެސް ރަސްމީކޮށް ހާމަކޮށްފައި ނެތް ކަމަށާއި، އެހެންވެ، މުނާސަބަތު ވަގުތު ނުޖެހޭ ކަމަށް މުއާޒު ވިދާޅުވި އެވެ.

މެއި 6 ގައި ބޭއްވި ކައުންސިލް އިންތިހާބު ސަރުކާރުން ކާާމިޔާބު ކުރާނެ ކަމަށް ބުނަމުން ދިޔަ ނަމަވެސް، ވަރަށް ބޮޑު ތަނުން ވަނީ ބެލިވެފަ އެވެ. ރާއްޖެ ޓީވީގެ ނަތީޖާއިން ދައްކާ ގޮތުގައި ތިން ސިޓީގެ މެޖޯރިޓީ އިދިކޮޅު އެމްޑީޕީން ނަގާފައިވާއިރު، ޖުމުލަ 305 ގޮނޑިއެއް އެމްޑީޕީން ހޯދާފައިވެ އެވެ. ޕީޕީއެމް އަށް ލިބިފައިވަނީ 191 ގޮނޑިއެވެ. އަމިއްލަ ކެންޑިޑޭޓުން 101 ގޮނޑި ހޯދާފައިވާއިރު، ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުން 20 ގޮނޑި، އެމްޑީއޭ 19 ގޮނޑި އަދި ޑީއާރުޕީން އެއް ގޮނޑި ހޯދާފައިވެ އެވެ.

އިންތިހާބު ނިމުނުތާ ހަފުތާއެއް ވެގެން ދިޔައިރު، ރައީސް ޔާމީންގެ ބަސްފުޅެއް ވިދާޅުނުވިޔަސް، ރޭ ނިމިގެންދިޔަ މޯލްޑިވިއަން އައިޑޮލް ކާމިޔާބު ކުރެއްވި ފަންނާނުންނަނަށް، ތަހްނިޔާ ވިދާޅުވުމަކީ މިއަދު ހެނދުނު ރައީސް ޔާމީން އެންމެ ފުރަތަމަ ކުރެއްވި އެއް މަސައްކަތެވެ.

މޯލްޑިވިއަން އައިޑޮލް ކާމިޔާބު ކުރި ތަސްނީމް އަހުމަދު (ބޮބް)  އަދި ދެ ވަނަ އާއި ތިން ވަނައަށް ދިޔަ ފަންނާނަށް ރައީސް ޔާމީން ތަހްނިޔާ ވިދާޅުވާ ކަމަށް މުއާޒު އާދީއްތަ ދުވަހު ވަނީ ޓްވީޓް ކުރައްވާފަ އެވެ.

ކައުންސިލް އިންތިހާބުގައި ސަރުކާރުންވި ބަލި ގަބޫލުކޮށް، ރައީސް ޔާމީން އެއްވެސް ބަސްފުޅެއް ވިދާޅުނުވާތީ އާއި، އިންތިހާބު ކާމިޔާބު ކުރެއްވި ކެންޑިޑޭޓުންނަށް މަރުހަބާ ވިދާޅުނުވާތީ، ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން
ރިވިއު ކުރީ: އަޒުމޫން އަހުމަދު
0%
0%
0%
0%
0%
0%
ކޮމެންޓް
14 މެއި 2017 | އާދީއްތަ 12:59
ގިޔާސް
ތިމާ ޕާރޓީން ނިކުން ކެންޑިޑޭޓުންނަށް ބަސްފުޅެއް ނުބުނި ތާ ، ކާމިޔާބް ކުރި މަދު ކައުންސިލަރުންނަށް މަރްހަބާވެސް ނުނިޔުނު ،ލީޑަރެއްތީ ، އެވަރުގެ ބޭފުޅެއްގެ ފަހަތުގައި ތިބި އަމިއްލ އެދުމުން ފޯވެ ، ޒާތީ ތައްސަބާއި ފިތުނައިގެ ބަޔަކަށް ކޮން ރަގަޅު ވިސްނުމެއް އޮންނާނީ!ފެއިލް ބޮޑުތަނުން ފެއިލް!
14 މެއި 2017 | އާދީއްތަ 12:49
ަލ
ހެހެހެހެހެހެ އަދިކިރިޔާ މަސްވަރާ، ހެހެހެހެހެ ދައުރުނިމެނީ މިހާރު، ނުވާނެތިކަންކަމެއް މިސަރުކާރަކަށް، ހިދުމަތްތައް އަގުހެޔޮ ކުރެވޭ ވަރަށްވުރެ ކަރަޕްޝަނާ ވައްކަން ގިނަވީމަ، ހިދުމަތްތަކުގެ އަގުބޮޑުކޮށްގެން ރައީތުންއަތުން އެބައި ކވަރުކުރަނީ. މިއީ މިސަރުކާރުގެ ހާލަތު. ހެހެހެހހެ ވަރަށް ރަނގަޅުވާޖަކައެއް ސަރުކާރުގަ ވަސީލަތްތައްހުރީ ކަރަޕްޝަނާ، ވައްކަމާ، ނާއިންސާފާއި އަނިޔާވެރިކަން ކުރިއަރުވަން، ރައީތުންނަށް ހިދުމަތްދިނުމަކަށް ވަސީލަތެއްނެތް ދަށުންދަމާ ކުޅެފަ ދެއްތޯ!
14 މެއި 2017 | އާދީއްތަ 12:44
އަޙްމަދު
އިންތިޚާބާ ބެހޭގޮތުން ރައީސް ވަކިއެއްޗެއް ވިދާޅުނުވިއެއްކަމަކު ރައްޔިތުން އެވަނީ އެމީހުންގެ ބަސްބުނެފަ. ރައީސް ޔާމީނަށް ސަނާކިޔައިގެން ތިބީ ޚިޔާނާތްތެރިންކަން ރައްޔިތުން މިވަނީ ސާބިތުކޮށްދީފަ.ކައުންސިލްތަކުގެ މެޖޯރިޓީ މިއޮތީ އެމްޑީޕީއަށް ލިބިފައި. އެހެންކަމުން ޤައުމު ތަރައްޤީކުރުމަށް އެމްޑީޕީއިން މަސައްކަތްކުރަންޖެހޭނެ. ކޮންމެރެއަކު ޖަގަހަތަކުގައި ބާރުބާރަށް ހަޅޭއްލެވިއަކްސް ކަމަކުނުދާނެ. ވޯޓުދިން ރައްޔިތުންގެ ޙައްޤުގައި މަސައްކަތްކުރަންޖެހޭނެ. ވޯޓު ނުލިބުމުން އެދާއިރާތަކުގެ ތަރައްޤީގެ މަޝްރޫޢުތައްއެވަނީ މުއްދަތެއް ނެތްގޮތަށް މަޑުޖައްސާލާފައި.
14 މެއި 2017 | އާދީއްތަ 12:35
aburufulhu
kada vaane bali veema. molhuvi nama mihaaru onnaanee jalsaa baavaa ekamaa ufaa faalhukoh hadhaafa. adhi 2018 ah dhabahah echis alhaigen furan thahyaaruve.
14 މެއި 2017 | އާދީއްތަ 11:48
އަހުމަދު
ވަރަށް ރަގަޅު ލިޔުމެއް. މިފެންވަރުގެ ލިޔުންތައް ގިނައިން ފެންނަން ޖެހޭ. އަޅުގަޑުގެ ހިތަށް އަރަނީ މިވަރުން އަދި ހައްދުފަހަނައަޅައިގެން ހިގައްޖެކަމަށް އެއްވެސް ބޭފުޅަކު ޤަބޫލު ނުކުރަށްވާނެކަމަށް