ކ. މާލެ
|
14 މެއި 2017 | އާދީއްތަ 14:52
އިންތިޚާބުގެ ނަތީޖާއަށް ފަހު މެކްރޮން އުފާ ފާޅުކުރައްވަނީ
އިންތިޚާބުގެ ނަތީޖާއަށް ފަހު މެކްރޮން އުފާ ފާޅުކުރައްވަނީ
އޭޕީ
އެމެނުއެލް މެކްރޮން
މެކްރޮން މިއަދު ފްރާންސްގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވާނެ
 
މެކްރޮން ފުރަތަމަ ސިޔާސީ ބޮޑު މަގާމަކަށް އައްޔަން ކުރެވިގެން ދިޔައީ 2014 ވަނަ އަހަރު

މެއި ހަތް ވަަނަ ދުވަހު ފްރާންސްގައި ބޭއްވުނު ރިޔާސީ އިންތިޚާބު ކުރެއްވި މެދުމިނުގެ ސިޔާސަތަށް ތާއީދުކުރައްވާ އެމެނުއެލް މެކްރޮން އާދީއްތަ ދުވަހު ބާއްވާ ރަސްމިއްޔާތެއްގައި ވެރިކަމާ ހަވާލުވެވަޑައިގަންނަވާނެއެވެ.

ރައީސްގެ ރަސްމީ ގެކޮޅު ކަމަށްވާ އެލިސީ ޕެލެސް ގައި ބާއްވާ ރަސްމިއްޔާތުގައި މެކްރޮން ވެރިކަމާއި ހަވާލުވެވަޑައިގަަންނަވާއިރު، އެމިނިކުފާނު ވެވަޑައިގަންނަވާނީ ވެރިކަމާއި ހަވާލުވެވަޑައިގަންނަވާ، ފްރާންސްގެ އެންމެ ޒުވާން ރައީސް އަށެވެ. އަދި މި ރަސްމިއްޔާތުގައި 21 ބަޑީގެ ސަލާމެއް އެރުވުމަށް ހަމަޖެހިފައިވެއެވެ.

އިންވެސްޓްމެންޓް ބޭންކް ހިންގެވުމުގައި ކުރިން އުޅުއްވާފައިވާ އުމުރުފުޅުން 39 އަހަރުފުޅުގެ  މެކްރޮންއަކީ ކުރިން އިކޮނޮމިކް މިނިސްޓަރުކަންވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އެ މަނިކުފާނު ވެގެންދާނީ ނަޕޯލިއަންއަށްފަހު އެގައުމުގައި ވެރިކަންކުރައްވާ އެންމެ ޒުވާން ރައީސަށެވެ. މެކްރޮން އިންތިޚާބު ކާމިޔާބު ކުރެއްވުމަކީ ޔޫރަޕްގެ ލީޑަރުންނަށް ފިނިކަމެއް ލިބިވަޑައިގެންނެވި ކަމަކަށް ވެގެންދާނެއެވެ.

ސިޔާސީ ދާއިރާގައި ތަޖުރިބާކާރު މެރިން ލެ ޕެން އާ ވާދަކުރައްވާ މެކްރޮން އިންތިޚާބުގެ 65 އިން ސައްތަ ހޯއްދަވައިގެންނެވެ.

މެކްރޮން ފުރަތަމަ ސިޔާސީ ބޮޑު މަގާމަކަށް އައްޔަން ކުރެވިގެން ދިޔައީ 2014 ވަނަ އަހަރުއެވެ. އެ އަހަރުން ފެށިގެން އޯގަސްޓް 2016 އާ ހަމައަށް މިނިސްޓަރު އޮފް އިކޮނޮމީ އެންޑް ޑިޖިޓަލް އެފެއަރޒްގެ މަގާމު ފުރުއްވާފައި ވެއެވެ. މަގާމުން އިސްތިއުފާ ދެއްވީ 2017އިގެ ރިޔާސީ އިންތިޚާބަށް ނުކުމެ ވަޑައިގަތުމަށެވެ. ނަމަވެސް އިންތިޚާބުގައި ވާދަ ކުރައްވާނެކަން އިއުލާނު ކުރެއްވީ 2016 ވަނަ އަހަރުގެ ނޮވެމްބަރުގައެވެ.

 

 

 

 

 

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް