ކ. މާލެ
|
14 މެއި 2017 | އާދީއްތަ 13:49
އެމެރިކާ އިން ސައުދީ އަށް މިހާތަނަށް ގިނަ އަދަދެއްގެ އެފް-15 ފައިޓާ ޖެޓް ވިއްކާފައިވޭ
އެމެރިކާ އިން ސައުދީ އަށް މިހާތަނަށް ގިނަ އަދަދެއްގެ އެފް-15 ފައިޓާ ޖެޓް ވިއްކާފައިވޭ
ރޮއިޓަރސް
އެމެރިކާ-ސައުދީ
އެމެރިކާ އިން ސައުދީއަށް 100 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ
 
މެދުއިރުމަތީގައިވާ އެމެރިކާގެ އެންމެ ބޮޑު އެއް ބައިވެރިއަކީ ސައުދީ

އެމެރިކާ އިން ސައުދީ އަށް، އެތައް ބިލިއަން ޑޮލަރެއްގެ ހަތިޔާރު ވިއްކުމުގެ ކަންކަން ނިމުމުގެ މަރްހާލާ އާއި ގާތްވެއްޖެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އެމެރިކާ އިން ސައުދީ އަށް ފޯރުކޮށްދޭ ހަތިޔާރުގެ އަގު 100 ބިލިއަން ޑޮަލަރަށް އަރާނެ ކަމަށް ވައިޓް ހައުސްގެ އިސް އޮފިޝަލަކާ ހަވާާލާދީ މީޑިއާ ރިޕޯޓުތައް ބުނާއިރު ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސައުދީއަށް ދަތުރުފުޅެއް ކުރައްވަން ވަނީ ހަމަޖެހިފައެވެ.

މިހާރު ފަހުގެ މަރުހަލާގައިވާ 100 ބިިލިއަން ޑިޮލަރުގެ ހަތިޔާރުގެ އެއްބަސްވުމާއެކު، ވޭތުވެދިޔަ 10 އަހަރު ތެރޭގައި  އެމެރިކާއިން ސައުދީއަށް ފޯރުކޮށްދީފައިވާ ހަތިޔާރުގެ އަގު 300 ބިލިޔަން ޑޮލަރަށް އަރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް އެމެރިކާއިން ސައުދީއަށް ހަތިޔާރު ދޭނީ އިޒްރޭލަށްވުރެ ސައުދީގެ އަސްކަރީ ގާބިލުކަން އިތުރު ނުވާ ގޮތަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެއްބަސްވުންތަކުގެ ދަށުން އެމެރިކާއިން ސައުދީއަށް ފޯރުކޮށް ދޭ ހަތިޔާރުގެތެރޭގައި ހިމެނެނީ، ޒަމާނީ ހަތިޔާރާއި، އެތަކެތީގެ މެއިންޓެނެންސްއާއި، މިސައިލް ޑިފެންސް ނިޒާމުތަކާއި ކަނޑުމަގުން ސަލާމަތީ ކަންތައްތައް ބަލަހައްޓާނެ ވަސީލަތްތަކެވެ.

އެމެރިކާއަކީ ސައުދީ އަށް އެންމެ ގިނައިން ހަތިޔާރު ވިއްކާ ގައުމެވެ. ރައީސް ޓްރަމްޕްގެ ދައުރުގައިވެސް އަދި ނިމިދިޔަ ރައީސް، އޮބާމާގެ ދައުރުގައިވެސް މެދުއިރުމަތީގައިވާ އެމެރިކާގެ އެންމެ ބޮޑު އެއް ބައިވެރިއަކީ ސައުދީއެވެ.

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަޒުމޫން އަހުމަދު
0%
0%
0%
0%
0%
0%
ކޮމެންޓް