ބުރާސްފަތި 02 އޭޕުރިލް 2020
08 ރޭވަ
1441 ޝައުބާން 09
ފަތިސް 04:52
އިރުއަރާ 06:03
މެންދުރު 12:14
އަސްރު 15:13
މަޣްރިބް 18:16
އިޝާ 19:28
ދުނިޔެ - މިޔަންމާ

މިޔަންމާގެ މުސްލިމުންނަށް ހަމަލާދިން ދެމީހަކު ހައްޔަރުކޮށް އިތުރު ބަޔަކު ހޯދަނީ

  • މިއީ މިފަދަ މައްސަލައެއްގައި ބަޔަކު ހައްޔަރުކުރި ފުރަތަމަ ފަހަރު
  • ހަމަލާތައް ދިނުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ޕޭޓްރިއޯޓިކް މޮންކްސް ޔޫނިއަން
  • ހަމަލާތަކާ މަ-ބާ-ތާ ޖަމާޢަތާއި ގުޅުމެއް ނެތް

އިސްމާއިލް ނާއިލް ނަޝީދު
IxmaealNaail

ކ. މާލެ 13 މެއި 2017 | ހޮނިހިރު 18:17 4,125

މިޔަންމާގެ ބުޑިސްޓުން ހަމަލާދީފައިވާ މުސްލިމުންގެ ގެއެއް ސާފުކުރަނީ - ގޫގުލް

ނިމިގެންދިޔަ ހަފްތާގައި މިޔަންމާގެ އިޤުތިޞާދީ ވެރިރަށް، ޔަންގޮންގައި ގިނަ އަދެއްގެ މުސްލިމުން ދިރިއުޅޭ ސަރަޙައްދެއްގެ ގެތަކަށް ވަދެ، މުސްލިމުންނަށް ހަމަލާދިން މައްސަލައިގައި ހަރުކަށި ފިކުރުގެ ދެ ބުޑިސްޓުން ހައްޔަރުކޮށް، އިތުރު ބަޔަކު ހޯދަން ފަށައިފިއެވެ.

ހަރުކަށި ފިކުރުގެ ހާމުދުރުންގެ ޖަމާޢަތެއް ކަމުގައިވާ ޕެޓްރިއޯޓިކް މޮންކްސް ޔޫނިއަން (ޕީއެމްޔޫ) ގެ ހާމުދުރުން އިސްވެ ތިބެ، ނިމިގެންދިޔަ ހަފްތާގެ އަންގާރަ ދުވަހު ޔަންގޮންގެ މިންގަލާ ޓޯންގް ޔުންތު ޑިސްޓްރިކްޓްގެ މުސްލިމުން ދިރިއުޅޭ ސަރަޙައްދުގެ ގެތަކާއި ފްލެޓްތަކަށް ވަދެ، ހިންގި ޖަރީމާތައް ހުއްޓުވާފައި ވަނީ ފުލުހުން ބާރުގެ ބޭނުންކޮށް، ވަޔަށް ބަޑިޖަހައިގެންނެވެ.

މީގެ ދެ ހަފްތާ ކުރިން، ހަމަ މި ޖަމާޢަތް އިސްވެ ތިބެ ވަނީ މުސްލިމު ދެ ސްކޫލަކަށް ވަދެ ހަމަނުޖެހުން ހިންގައި އެ ދެތަން ގަދަކަމުން ބަންދުކޮށްފައެވެ.

ހަމަނުޖެހުން ހިނގި ސަރަޙައްދުގެ ފުލުހުންގެ އިސްވެރިޔާ، ޕޮލިސް މޭޖަރ ޚިން މޯންގް އޫ ވިދާޅުވެފައި ވަނީ މި މައްސަލައާއި ގުޅިގެން އިތުރު ބަޔަކު މިހާރު ހޯދަމުންދާ ކަމަށެވެ.

ރެއިން ފެށިގެން، މި މައްސަލައިގަ ދެ މީހަކު ހައްޔަރުކޮށްފިން. ހަމަލާތަކުގަ ބައިވެރިވި އިތުރު ބަޔަކު ވެސް މި ދަނީ ހޯދަމުން

"ޑިމޮކްރަސީގެ މަންމަ" އަން ސަން ސޫކީގެ ސަރުކާރަށް 13 މަސްދުވަސް ވެގެންދިޔައިރު، ކުރިމަތިވި ގިނަ ފާޑުކިޔުންތަކާއި އެކު، މިޔަންމާގެ މުސްލިމުންނަށް ބުޑިސްޓުން ދެމުންދާ ހަމަލާތައް ހުއްޓުވުމަށް ކޮންމެވެސް ވަރެއްގެ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. ނަމަވެސް މިފަދަ މައްސަލައެއްގައި މިފަދަ މިންވަރަކަށް ވެސް ހަރުކަށި ފިޔަވަޅެއް އަޅައި، ބަޔަކު ހައްޔަރު ކުރި މިއީ ފުރަތަމަ ފަހަރެވެ.

މުސްލިމުންނަށް ހަމަލާދިން މައްސަލައިގައި ބަޔަކު ހައްޔަރުކޮށް އިތުރު ބަޔަކު ހޯދަމުންދާއިރު، މިސްކިތްތަކާއި މުސްލިމުން އެއްވެއުޅޭ އެހެން ސަރަޙައްދުތަކުގައި މިޔަންމާގެ ސިފައިން ވަނީ ފޯރިމަރަން ފަށާފައެވެ.

މިޔަންމާގެ ބިން ލާދިންގެ ނަމުން މަޝްހޫރުވެފައިވާ ހަރުކަށި ހާމުދުރުންގެ ލީޑަރު އަޝިން ވިރާތޫ ޓައިމް މެގަޒިންގެ ކަވަރުގައި

ޓައިމް ނެޒިންގައި މުސްލިމުންނަށް އަމާޒުކޮށް މިހާރު ހަމަލާދެމުންދާ ޕެޓްރިއޯޓިކް މޮންކްސް ޔޫނިއަނުން ބުނެފައިވާ ގޮތުގައި އެ ޖަމާޢަތުން މިހާރު ދެމުންދާ ހަމަލާތަކަކީ، އެ ޤައުމުގެ ހަރުކަށި ހާމުދުރުންގެ މައި ޖަމިއްޔާ މަ-ބާ-ތާ އާއި ގުޅުންހުރި ހަމަލާތަކެއް ނޫނެވެ. މުސްލިމުންނާ ދެކޮޅަށް މީގެ ކުރިން ބޮޑެތި ޖަރީމާތަކެއް ހިންގާފައިވާ މަ-ބާ-ތާ ޖަމާޢަތަކީ، މިޔަންމާގެ ބިން ލާދިންގެ ނަމުން މަޝްހޫރުވެފައިވާ ހަރުކަށި ހާމުދުރު އަޝިން ވިރާތޫ ވެސް ނިސްބަތްވާ ޖަމާޢަތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް