ކ. މާލެ
|
12 މެއި 2017 | ހުކުރު 19:32
ހާދިސާއަށް ފަހު އޮފިޝަލުން ހަރަކާތްތެރި ވަނީ
ހާދިސާއަށް ފަހު އޮފިޝަލުން ހަރަކާތްތެރި ވަނީ
ގެޓީ އިމޭޖަސް
ރޯމްގައި ބޮން ގޮވުން
ރޯމްގައި ބޮމެއް ގޮއްވާލައިފި
 
ހާދިސާގައި މީހަކަށް ގެއްލުން ނުވިއަސް ކާރަކަށް ވަރަށް ބޮަޑަށް ހަލާކުވި

އިޓަލީގެ ވެރިރަށް ރޯމްގައި ހުކުުރު ދުވަހު ހެނދުނު ބޮން ގޮވުމުގެ ހާދިސާއެއް ހިނގައިފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ހާދިސާ ހިނގާފައި ވަނީ ރޯމްގެ ރެޒިޑެންޝަލް ސަރަހައްދެއްގައެވެ. ރިޕޯޓުތައް ބުނާ ގޮތުން ޕޯސްޓް އެޮފީހެއް ކައިރީ ހިނގި މި ހާދިސާ ހިނގުމާ އެކި އަލިފާން ނިއްވާ މީހުންނާއި އަދި ފުލުހުން އެ ސަރަހައްދަށް ދިޔަ ކަމަށް ރިޕޯޓްތައް ބުނެއެވެ. 

ފުލުހުން މީޑިއާތަަކަށް މައުލޫމާތު ދީފައި ވަނީ ގޮވާފައިވާ ދެ ބޮމަކީ ގޭގައި އުފައްދާފައިވާ ދެ ބޮމެވެ. އަދި އެ ދެ ބޮމް އުފައްދާފައި ވަނީ ހުޅުހިފާ ދިޔާ އެއްޗެއް ބޭނުންކޮށްގެން ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނެފައި ވަނީ ގޮވާފައިވާ ދެ ބޮމަކީ ރިމޯޓު ބޭނުންކޮށްގެން ގޮއްވާފައިވާ ދެ ބޮމް ކަމަށެވެ. އަދި ބޮމް ބާއްވައިފައި ވަނީ ދެކާރު ދޭތެރޭގައި ކަމަށްވެސް ވެއެވެ.

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުންވި ކަމެއް އަދި އެނގިފައެއް ނުވެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް