ކ. މާލެ
|
12 މެއި 2017 | ހުކުރު 15:18
ގޭންގް އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްގެން ގެންދަނީ
ގޭންގް އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްގެން ގެންދަނީ
ގޫގުލް
ގޭންގް އޮޕަރޭޝަން
އެމެރިކާގެ އައިސީއީން ހިންގި ބޮޑު ގޭންގް އޮޕަރޭޝަނެއްގައި 1000 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފި
 
މި އޮޕަރޭޝަނަކީ ވޭތުވެ ދިޔަ ހަ ހަފްތާގައި އައިސީއީން ހިންގި އޮޕަރޭޝަނެއް

އެމެރިކާގެ ބޯޑަރާއި އަދި އިންފްރަސްޓްރަކްޗާ ބަލަހައްޓާ އިދާރާ ކަމަށްވާ "ދަ ޔުނައިޓެޑް ސްޓޭޭޓްސް އިމިގްރޭޝަންސް އެންޑް ކަސްޓަމްސް އެންފޯސްމަންޓް (އައިސީއީ)" އިން ހިންގި، ގޭންގުތަކާއި ގުޅޭ ބޮޑު އޮޕަރޭޝަނެއްގައި 1378 މީހުން ހައްޔަރުކޮށްފައިވާ ކަމަށް އެ އިދާރާ އިން ބުނެފިއެެވެ.

 

ވޭތުވެދިޔަ ހަ ހަފްތާގައި ހިންގި މި އޮޕަރޭޝަނުގައި، 1348 މީހުން ހައްޔަރުކުރި އިރު އޭގެތެރެއިން 1095 މީހުންނަކީ ގޭންގްތަކުގެ މެމްބަރުން ކަމަށް ކަށަވަރުވެފައިވާ ކަމަށް އައިސީއީ އިން ބުނެއެވެ. އަދި ބާކީ ތބި 238 މީހުން ހައްޔަރު ކުރެވުނީ ޖިނާއީ ނުވަތަ އިދާރީ ދައުވާތަކާ ގުޅިގެން ކަމަށްވެސް އައިސީއީ އިން ބުނެއެވެ.

މި އޮޕަރޭޝަނުގައި ހައްުޔަރު ކުރެވުނު 900 އަށް ވުރެ ގިނަ މީހުންނަކީ އެމެރިކާގެ ރައްޔިތުންނެެވެ.

އޮޕަރޭޝަަނާއި ގުޅިގެން އައިސީއީ ގެ އެކްޓިން ޑައިރެކްޓާ ތޯމަސް ހޯމަން ވިދާޅުވީ ނުރައްކާތެރި، މަގުތަކުގައި ހަރަކާތްތެރިވެ އުޅޭ ގޭންގްތަކަކީ އެމެރިކާގެ މުޖުތަމައަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކާ ކަަމަަށެެވެ.

އައިސީއީގެ ހޯމްލޭންޑް ސެކިޔުރިޓީ ޔުނިޓް އިން ހިންގި މި އޮޕަރޭޝަނަކީ މިހާތަނަށް އެ ޔުނިޓުން ހިންގި އެންމެ ބޮޑު އޮޕަރޭޝަނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް