ކ. މާލެ
|
12 މެއި 2017 | ހުކުރު 14:19
ޒިކާ ވައިރަސް ބޮޑަށް ފެތުރެމުން ދަނީ މަދިރީގެ ޒަރީއާއިން، މީގެ އިތުރުން ޖިންސީ ގުޅުމުގެ ޒަރީއާއިން ވެސް ފެތުރޭ
ޒިކާ ވައިރަސް ބޮޑަށް ފެތުރެމުން ދަނީ މަދިރީގެ ޒަރީއާއިން، މީގެ އިތުރުން ޖިންސީ ގުޅުމުގެ ޒަރީއާއިން ވެސް ފެތުރޭ
އީޕީއޭ
ޒިކާ ވައިރަސް
ޒިކާ ވައިރަސް އާއި ގުޅިގެން އިއުލާންކޮށްފައި އޮތް އިމާޖެންސީ ބްރެޒިލް އިން އުވާލައިފި
 
ބްރެޒިލް ގައި ޒިކާ ވައިރަސްގެ ކޭސްތައް ވަރަށް މަދުވެފައިވޭ

ބްރެޒިލްގައި ޒިކާ ވައިރަސް އާއި ގުޅިގެން އިއުލާންކޮށްފައި އޮތް އިމާޖެންސީ އެގައުމުން އުވާލައިފިއެވެ.

 

ބްރެޒިލް އިން އިއުލާން ކޮށްފައިވާ އޮތް އިމާޖެންސީ އުވާލީ ޒިކާ ވައިރަސްގެ ކޭސްތައް މަދުވުމުން ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން މިއަހަރުގެ ޖެނުއަރީން އޭޕްރީލްއަށް ޒިކާ ވައިރަސްގެ ކޭސްތައް، އޭގެ ކުރީ އަހަރުގެ އެ ދުވަސްވަރާ އަޅާބަލާއިރު 95 އިން ސައްތަ މަދުވެފައިވެއެވެ.

 

ޒިކާ ވައިރަސްގެ ނުރައްކާ ބްރެޒިލްއަށް އެންމެ ބޮޑުވެފައި ވަނީ ބްރެޒިލް އިން 2016 ވަނަ އަހަރުގެ އޮލިމްޕިކްސް އަށް ތައްޔާރުވަމުން ދިޔައިރުއެވެ.

 

ޒިކާ ވައިރަސް އެންމެ ފުރަތަމަ ފެނިފައިވަނީ 1947 ވަނަ އަހަރު ޔުގަންޑާގެ ޒިކާ ނަމަކަށްކިޔާ ޖަންގައްޔަކުންނެވެ. މިއީ، އީޑީސް މަދީރީގެ ޒަރީއާއިން ފެތުރޭ ވައިރަހަކުން ޖެހޭ ބައްޔެކެވެ. އޭރު މި ވައިރަހަށް މާބޮޑު ސަމާލުކަމެއް އެއްވެސް ބަޔަކު ދީފައެއް ނުވެއެވެ. ޒިކާ ވައިރަސް އާްއި ދުނިޔެއަށް އުފަންވާ ކުދިން، އާދަޔާ ހިލާފަށް ބޯ ކުޑަވުމާއި ގުޅުމެއް ވާކަމަށް ގުޅުމެއްވެއެވެ. 

ޒިކާ ވައިރަސް އާއި ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އިއުލާންކޮށްފައިވާ އިމާޖެންސީ ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުގައި އުވާލާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މިމައްސަރަކީ މުޅި އުމުރުގައި ކޮށްފައިވާ ފާފައިން ތާހިރުވުމަށް ލިބޭ ފުރުސަތެއް، ރޭއަޅުކަންކުރުން އިތުރުކުރޭ: ޚުތުބާ
ދައުލަތުގެ މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތް ކުރެވޭނެ ގޮތްތައް ބަޔާންކޮށް އުސޫލެއް ނެރެފި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ