ކ. މާލެ
|
12 މެއި 2017 | ހުކުރު 03:41
އިންޑިއާގެ ބޮޑުވަޒީރަށް ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހަ މަރުހަބާ ދަންނަވަނީ
އިންޑިއާގެ ބޮޑުވަޒީރަށް ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހަ މަރުހަބާ ދަންނަވަނީ
ޕްރެސް ޓްރަސްޓް އޮފް އިންޑިއާ
މޯދީ ސްރީ ލަންކާގައި
މޯދީގެ ދަތުރުފުޅާ ދިމާކޮށް ޗައިނާއިން ލަންކާއަށް ފޮނުވަން އުޅުނު ސަބްމެރީންއަށް ލަންކާ ސަރުކާރުން ހުރަސް އަޅައިފި
 
ޗައިނާގެ ސަބްމެރީނެއް އެންމެ ފަހުން ލަންކާގައި ބަނދަރު ކުރީ 2014 ވަނަ އަހަރު

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ލަންކާއަށް ކުރައްވާ ދަތުރުފުޅާ ދިމާކޮށް ޗައިނާއިން ލަންކާއަށް ފޮނުވަން އުޅުނު ސަބްމެރީންއަށް ލަންކާ ސަރުކާރުން ހުރަސް އަޅައިފިއެވެ.

ޗައިނާގެ ސަބްމެރީނެއް އެންމެ ފަހުން ލަންކާގައި ބަނދަރު ކުރީ 2014 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އެފަހަރު އިންޑިއާއިން ވަނީ އެކަމާ ވަރަށް ބޮޑަށް ނުރުހުން ފާޅު ކޮށްފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ސްރީލަންކާއަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ކޮޅުނބަށް ވަޑައިގަތީ ބުރާސްފަތި ދުވަހުއެވެ.

ސްރީލަންކާގެ ޑިފެންސް މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސް އިން ބުނެފައިވަނީ، ޗައިނާގެ ސަބްމެރީނެއް ސްރީލަންކާގައި މިމަހު ބަނދަރު ކުރުމަށް ހުށަހެޅި ހުށަހެޅުމަށް ލަންކާ ސަރުކާރުން ނޫނެކޭ ބުނެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތާނގައި ޗައިނާގެ ސަބްމެރީން ސްރީލަންކާގައި ބަނދަރު ކުރުމާ ބެހޭ ގޮތުން ނިންމާނެ ގޮތެއް އެނގޭނީ ފަހުން ކަމަށްވެސް އޮފިޝަލްއާ ހަވާލާދީ ރޮއިޓާސްއިން ބުނެފައި ވެއެވެ.

ސްރީލަންކާއަށް ޗައިނާގެ ސަބްމެރީންއެއް ދަތުރު ކުރުމުގެ ހުއްދައަށް އެދިފައިވާނެ ކަމަށް ކޮޅުނބުގައި ހުންނަ ޗައިނީޒް އެބްސީންވެސް ވަނީ ރޮއިޓާސްއަށް ކަށަވަރު ކޮށްދީފައެވެ. އަދި އެކަމުގެ ހުއްދައިގެ އިންތިޒާރުގައި ތިބި ކަމަށްވެސް ޗައިނީސް އެމްބަސީން ވަނީ ހާމަކޮށްފައެވެ.

ފާއިތުވި ދެތިން އަހަރުގެ ތެރޭގައި ޗައިނާއިންވަނީ ސްރީލަންކާގައި ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައެވެ. އޭގެ ތެރޭގައި އެއާރޕޯޓްތަކާއި، މަގުތަކާއި، ރޭލްވޭ އާއި ބަނދަރުތައް ހެދުން ފަދަ ބޮޑެތި މަޝްރޫއުތައް ހިމެނެއެވެ.

ޗައިނާއާއެކު 21 މިލިއަން މީހުންގެ އާބާދީ އެއް އޮންނަ ސްރީލަންކާ ގުޅުން ބަދަހި ކުރަމުން ގެންދިއުމާއެކު އިންޑިއާއަށް ނުތަނަވަސްކަން އިހްސާސް ކުރަންޖެހިފައިވާ ކަމަށް ރިޕޯޓްތަކުގައި ވެއެވެ.

އިންޑިއާއިން ގަބޫލު ކުރަނީ ދެކުނު އޭޝިއާ ސަރަހައްދަކީ އިންޑިއާގެ ނުފޫޒްގެ ދަށުގައި އޮންނަންޖެހޭ ސަރަހެއްދެއް ކަމުގައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
0%
0%
0%
0%
0%
0%
ކޮމެންޓް