ކ. މާލެ
|
11 މެއި 2017 | ބުރާސްފަތި 21:39
ޗީޒް ކެއުމުން ސިއްހަތައް ގެއްލުންވާ ކަމަށް ހީވެފައިވަނީ އޮންނަނީ ރަނގަޅަށް ނޫން ކަމަށް ސައިންސްވެރިން ބުނޭ
ޗީޒް ކެއުމުން ސިއްހަތައް ގެއްލުންވާ ކަމަށް ހީވެފައިވަނީ އޮންނަނީ ރަނގަޅަށް ނޫން ކަމަށް ސައިންސްވެރިން ބުނޭ
ދަ ޗީޒް މާކެޓް
ޗީޒް އާއި ސިއްހަތު
ޗީޒް ކެޔަސް ސްޓްރޯކް، ހާޓް އެޓޭކް ރިސްކް ބޮޑެއް ނުވޭ: ދިރާސާ
 
އެއް މިލިއަން މީހުންގެ މައުލޫމާތު ހިމެނައިގެން ކުރެވިފައިވާ 29 ދިރާސާ އިން ދައްކަނީ ޗީޒް ކެޔަސް ގެއްލުން ނުވާ ކަމަށް

ޗީޒަކީ ހަށިގަނޑަށް ގެއްލުން ހުރި އެއްޗެއް ކަމަށް ސިއްހަތައް ބަލައިގެން އުޅޭ މީހުންނަށް ހީވެފައި އޮވެއެވެ. އެކަމަކު މިއީ ކުށްހީއެއް ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ހާމަ ކޮށްދީފިއެވެ.

މި ދިރާސާގައި ބަލާފައިވަނީ ގެރިކިރުގެ އުފެއްދުންތައް ބޭނުން ކުރުމާއި ސްޓްރޯކް ޖެހުމާއި ހާޓް އެޓޭކް ޖެހުމާއި ހުރި ގުޅުމުގެ މައްޗަށެވެ.

އެއް މިލިއަން މީހުންގެ މައުލޫމާތު ހިމެނައިގެން ކުރެވިފައިވާ 29 ދިރާސާ މުރާޖައާ ކުރުމަށްފަހު މި ދިރާސާއިން ހާމަކޮށްފައިވާ ގޮތުގައި، ފުލް ފެޓް ޗީޒް، ކިރު އަދި ޔޯގަޓް ބޭނުން ކުރިއަސް ހިތުގެ ލޭހޮޅިތައް ބެދިގެން މީހުން މަރުވުން ފަދަ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު އިތުރު ވެގެންނެއް ނުދެއެވެ.

"ކިރުގެ އުފެއްދުންތައް ބޭނުން ކުރުމަކީ ސިއްހަތައް ގެއްލުން ލިބޭ ކަމަށް ގިނަ ބަޔަކަށް ހީވެފައި އޮންނަ އޮތުމަކީ ހަގީގަތެއް އޮތް ކަމެއް ނޫން" ދިރާސާ ޓީމުގައި ހިމެނުނު ރީޑިންގ ޔުނިވަސިޓީގެ ޕްރޮފެސަރ އިއާން ގިވެންސް ވިދާޅުވިއެވެ.

ގާޑިއަން ނޫހަށް ޕްރޮފެސަރ އިއާން ދެއްވި ބަސްދީ ގަތުމެއްގައި ވިދާޅުވީ، ގިނަ ބަޔަކަށް މި ގޮތައް ހީވެފައި އޮތަސް އެއީ ހަގީގަތުގައި އެކަން އޮތް ގޮތެއް ނޫން ކަމުގައެވެ.

ކިރުގެ އުފެއްދުންތައް ބޭނުން ކުރުމުން ސިއްހަތައް ލިބޭ ގެއްލުންތަކާ ބެހޭ ގޮތުން ސައިންސް ވެރިންގެ މެދުގައި ޚިޔާލު ތަފާތުވުންތައް އެބަހުއްޓެވެ. ބައެއް ސައިންސްވެރިންގެ ނަޒަރުގައި "ސެޓުރޭޓެޑް ފެޓް" އެކުލެވޭ ކާބޯތަކެތީގެ ސަބަބުން ލޭގައި ސަރުބީ އެކުލެވޭ މިންވަރު މަތިވެ، ލޭހޮޅިތައް ބެދުމުގެ ސަބަބުން ހާޓް އެޓޭކްއާއި ސްޓްރޯކް ޖެހުމަށް މަގު ފަހިވެއެވެ.

ނޯވޭގެ ޔުނިވަރސިޓީ އޮފް ބާގެން އިން މީގެ ކުރިން ކޮށްފައިވާ އެހެން ދިރާސާއަކުން ހާމަވެފައިވަ ގޮތުގައި "ފެޓީ ފުޑް" ގެ ގޮތުގައި ބެލެވޭ، ބަޓަރާ ޗީޒް ފަދަ އެއްޗެހި ކެއުމުގައި ހިމެނުމަކީ ހިތުގެ ބަލި ޖެހުމުން ދުރުކޮށްދޭ ކަމެކެވެ. އެކަމަކު އެއީ ހަށިގަނޑަށް އެތެރެވާ ޖުމްލަ ކެލޮރީގެ މިންވަރު ކޮންޓްރޯލްވާ ގޮތައް އެތަކެތި ބޭނުންކުރާ ނަމައެވެ.

ބްރިޓިޝް ހާޓް ފައުންޑޭޝަންގެ ރަސްމީ ވެބްސައިޓްގައި ބުނެފައި އޮންނަނީ، ގިނައިން ޗީޒް ކާނަމަ، ލޭގެ ކޮލެސްޓްރޯލް ލެވެލް މައްޗަށް ދާނެ ކަމަށާއި އެކަމުގެ ސަބަބުން ލޭހޮޅިތަކުގއި ސަރުބީ ހަރުލާ ލޭގެ ޕްރެޝަރު މައްޗަށް ގޮސް ހިތުގެ ބަލި ޖެހޭ ކަމަށެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
0%
0%
100%
0%
0%
0%
ކޮމެންޓް