ކ. މާލެ
|
11 މެއި 2017 | ބުރާސްފަތި 05:22
2003ން 2010 އަށް ލޫލާ ވެރިކަން ކުރައްވާފައިވާއިރު އޭނާ ފާހަގަ ކުރެވިފައިވަނީ ވެރިކަމުގެ ދުވަސްވަރު މަގުބޫލު ބޭފުޅެއްގެ ގޮތުގައި
2003ން 2010 އަށް ލޫލާ ވެރިކަން ކުރައްވާފައިވާއިރު އޭނާ ފާހަގަ ކުރެވިފައިވަނީ ވެރިކަމުގެ ދުވަސްވަރު މަގުބޫލު ބޭފުޅެއްގެ ގޮތުގައި
ގޫގުލް
ޕްޓްރޮބްރާސްގެ ކޮރަޕްޝަން
ބްރެޒިލްގެ ކުރީގެ ރައީސް ލޫލާ ކޯޓަށް ހާޒިރުކޮށްފި
 
މި ދައުވާ ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް ޖަލު ހުކުމެއް އަންނާނެ
 
ލޫލާ ވިދާޅުވެފައިވަނީ އެއީ ސިޔާސީ ދައުވާއެއްކަމަށް

ބްރެޒިލްގެ ކުރީގެ ރައީސް ލުއިޒް އިނާޝިއޯ ލޫލާ ޑަ ސިލްވާ އެ ގައުމުގެ ސިޓީއެއްކަމަށްވާ ކުރުޗީބާގެ ކޯޓަށް ހާޒިރުކޮށް އެ ގައުމުގެ އެންމެ އިސް އެންޓިކޮރަޕްޝަން ފަނޑިޔާރުގެ ކުރިފުޅުމަތީގައި ހެކިބަސް ނަގައިފިއެވެ.

 

ލޫލާގެ މައްޗަށް ކުރެވުނު ދައުވަތަކުގެ ތެރެއިން ފުރަތަމަ ފަސް ދައުވާއަކީ އެ ގައުމުގެ ސިޔާސީ އެތައް ލީޑަރުންނެއްގެ މައްޗަށް އެ މައްސަލައެއްގައި ތުހުމަތު ކުރެވުނު، ދައުލަތުގެ ތެޔޮ ކުންފުނި ޕެޓްރޮބްރާސްގެ ކޮރަޕްޝަނުގެ މައްސަލައެވެ.

 

ކުރީގެ ރައީސްގެ މައްޗަށް ތުހުމަތު ކުރެވުނީ ކޮންސްޓްރަކްޝަން ފާމެއްގެ އަތުން ރިޝްވަތުގެ ގޮތުގައި ބީޗްފްރޮންޓް އެޕާޓްމަންޓެއްނެގުމެވެ. ނަމަވެސް އެފަދަ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށް ލޫލާ ވިދާޅުވެއެވެ.

 

އޭނާ ކޯޓަށް ހާޒިރުވެ ވަޑައިގެންނެވުމުގެ އެތައް ގަޑިއިރެއް ކުރިން އޭނާއަށް ތާއީދުކުރާ ފަރާތްތަކުން ވަނީ ބަސްތަކުގައި އެ ސިޓީއަށް އައިސް ކޯޓް އިމާރާތާ މަދު ކިލޯމީޓަރުތަކެއް ދުރުގައި ކޭމްޕްކޮށްފައެވެ.

 

މި ދައުވާ ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް ޖަލު ހުކުމެއް އަންނާނެއެވެ.

 

މި ދައުވާތަކުން ސަލާމަތްވެ ވަޑައިގެންފި ނަމަ އޭނާ ވެގެންދާނީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެންމެ ކުރިއަށް ވާދަކުރައްވާނެ ކެނޑިޑޭޓަށެވެ.

 

އޭނާ ވިދާޅުވެފައިވަނީ އެއީ ސިޔާސީ ދައުވާއެއްކަމަށެވެ.

ބްރެޒިލްގައި 2003ން 2010 އަށް ލޫލާ ވެރިކަން ކުރައްވާފައިވާއިރު އޭނާ ފާހަގަ ކުރެވިފައިވަނީ ވެރިކަމުގެ ދުވަސްވަރު މަގުބޫލު ބޭފުޅެއްގެ ގޮތުގައެވެ.

ދަގަނޑުގެ މަސައްކަތުގައި އުޅުއްވުމަށްފަހު ޔޫނިއަން ލީޑަރަކަށް ވެވަޑައިގެން އޭގެ ފަހުން ވެރިކަމަށް ވަޑައިގެންފައިވާއިރު އެ މަނިކުފާނު ފާހަގަ ކުރެވިގެން ގޮސްފައިވަނީ ބައިގަރުނެއްހާ ދުވަހުގެ ތެރޭގައި ވާތުފިޔައިގެ ލީޑަރެއްގެ ގޮތުގައި ވެރިކަމަށް ވަޑައިގެންނެވި ފުރަތަމަ ލީޑަރުގެ ގޮތުގައެވެ.

ޖެހިޖެހިގެން ތިންވަނަ ދައުރަކަށް ކުރިމަތި ނުލެއްވޭތީ ލޫލާގެ ދެވަނަ ދައުރަށްފަހު ކުރިމަތިލެއްވީ އަރިސް ބޭފުޅެއްކަމަށްވާ ދިލްމާ ރުސެފްއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
0%
0%
0%
0%
0%
0%
ކޮމެންޓް